
އަބްދުއްރަހީމް ވިދާޅުވާ ގޮތުންނަމަ ކުރީގެ ރައީސް ޔާމީނަށް ދިމާވެފައިވަނީ މީހުން ދަަސްނުވުމުގެ މައްސަލަ
އަބްދުއްރަހީމް ވިދާޅުވާ ގޮތުންނަމަ ކުރީގެ ރައީސް ޔާމީނަށް ދިމާވެފައިވަނީ މީހުން ދަަސްނުވުމުގެ މައްސަލަ
ލިޔުން:
ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ރައީސް ކަމުގައި ހުންނެވި އިރުވެސް އަދި މިހާރުވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މީހުން ދަސްނުވުން ކަމަށް ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
"މިހާރު ގާތުގައި ތިއްބެވި މީހުންނަށް ބަލާލުމުން އަދިވެސް އެމަނިކުފާނަށް މީހުން ދަސްނުވާކަން ފެނިގެންދޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ އިންތިހާބު ގާތްވެފައިވުމުން، 2023 ވަނަ އަހަރު ރައްޔިތުން ނިންމެވި ނިންމެވުން ދެމެހެއްޓެވުމާއިމެދު ފުންކޮށް ވިސްނަން އެދޭކަމަށެވެ. އޭނާ ވިދާޅުވީ، އިތުބާރު ނުހިފޭ މީހުން ދައްކާ ވާހަކަތަކުގެ މައްޗަށް ބުރަވެ ކަންކުރުމުން އެކަމުގެ ހުރިހާ ގެއްލުމެއް ލިބިގެންދާނީ ގައުމަށާއި ރައްޔިތުންނަށް ކަމަށެވެ.
"ހަބަރަކައިގެން އައިސްފިކަމަަށްވަންޏާ އެމީހަކީ ކާކުތޯ ބަލާލުމަށް އޮންނަކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ގާތުގައި ތިބި މީހުންނަށް ބަލާއިރު، ރައްޔިތުންނަށް މާ ހެޔޮއެދިގެންކަމަށް ހެދިގެންހުރެ ވާހަކަދައްކަވަމުންދާއިރު، ކުރީގެ ސީޕީ ހުސައިން ވަހީދުގެ ކަންކަން ބަލާލުން ރަނގަޅު. ސަބަބަކީ ސަރުކާރުގެ ބައެއް މީހުން ތަންތަނުން ފެނުމުން ވަގުބަދުނާމު އެޅުވުން ފަދަ އަމަލުތައް އޭނާ ހިންގަވަމުން ގެންދެވުން."
މިކަމާ ގުޅިގެން ކުރީގެ ސީޕީ ހުސައިން ވަހީދު ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އަބްދުއްރަހީމްގެ ދަރިފުޅު އަދި މިހާރުގެ ޓޫރިޒަމް މިނިސްޓަރު ބަސް ނާހާތީ އާއި މަސްތުވާތަކެތި ބޭނުންކުރާތީ އެކަމުގެ ކަންބޮޑުވުން އަބްދުއްރަހީމް ހުސައިން ވަހީދު އަރިހު ދެއްކެވި ކަމަށާއި އަދި އެކި މައްސަލަތަކުން ރެކިގެން ސަލާމަތް ވާންވެގެން ކުރި މަސައްކަތްތައް ވެސް އެނގިލައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީން ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރެއްވި މަސައްކަތްތައް ނާކާމިޔާބު ވުމުން ދެއްވި ތަގުރީރުގައި ދެއްކެވި ވާހަކަތައް އަދިވެސް އޮތީ އޮތްގޮތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ ބޮޑު ކަމެއްގެ ގޮތުގައި ކުރިމަތިވީ މީހުން ދަސްނުވުމުގެ މައްސަލަ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށާއި އެހެންނަމަވެސް މިއަދުވެސް އެކަން ތަކުރާރުވަމުން ދާކަމަށް ފާޙަގަކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ހުސައިން ވަހީދަކީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ފިނިފެންމާ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލިއިރު ފުލުހުންގެ ކޮމިޝަނަރު ކަމުގައި ހުންނެވި މީހާކަމަށާއި އޭރު ރައީސް ޔާމީން އެމަނިކުފާނަށް އިންޓެލިޖެންސް ރިޕޯޓެއް ނުލިބޭތާ 9 މަސް ވެފައިވާކަމަށް އޭނާ ގާތުގައި ހިއްސާކުރެއްވިކަމަށްަވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ދުވަސްވަރުގެ ހުރިހާ މައުލޫމާތެއް ހުސައިން ހުންނެވީ ހިފަހައްޓަވައިގެންކަމަށާއި ރައީސް ޔާމީންގެ ބަދަލުގައި ހިއްސާކުރައްވަމުން ގެންދެވީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބުއާއިކަން ހާމަކުރެއްވިއެވެ.
“ދެރަވަނީ ރައީސް ޔާމީން ވެރިކަން ގެއްލިވަޑައިގަތީމަ ނުނީ އިންތިހާބުން ބަލިވެވަޑައިގަތީމަ ދެއްވި ތަގުރީރުގައި އެ ވިދާޅުވި ވާހަކަފުޅު އަދިވެސް ހަމަ އެގޮތަށް އޮތީމަ، އެދުވަހު ވިދާޅުވި ތިމަންމަނިކުފާނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މީހުން ދަސްނުވުމުގެ މައްސަލަކަމަށް، މިއަދުވެސް އެކަން ތަކުރާރުވަމުންދާތީ” އަބްދުއްރަހީމް
އޭނާ ވިދާޅުވީ، ހުސައިން ވަޒީފާއިން ވަކި ކުރީ އެ މައްސަލައިގައިކަމަށެވެ. އޭނާ ވަނީ މި ފުރުސަތުގައި ޑރ ޖަމީލާއި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްއަށްވެސް ފާޑުވިދާޅުވެފައެވެ. އަބްދުއްރަހީމް ވިދާޅުވީ، މިހާރުގެ ޕީއެންސީގެ ލީޑަރޝިޕުން ގަދަ އަވީގައި މަގުމަތީގައި މުޒާހަރާތައް ކުރަމުންދިޔައިރު، މަލީހު އިންނެވީ އޭރުގެ ސަރުކާރުގެ މިނިސްޓަރުކަމުގެ ގޮތުގައި ފިނިކޮޓަރީގައިކަމަށާއި އޭނާ އޭރު ގެންދެވީ އެމަނިކުފާނަށް ވަގަށް ގޮވަމުންކަމަށްވެސް ފާޙަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ވެރިކަން ބަދަލުނުވި ނަމަ ރައީސް ޔާމީންއަށް ވެރިކަން ލިބުނު ނަމަ ރާއްޖޭގައި އަނިޔާވެރި އަމަލުތައް ހިންގާ މިންގަނޑުތައް އިންތިހާ ދަރަޖައަށް އިތުރުވެގެންދާނެކަމަށްވެސް މަލީހު ވިދާޅުވެފައިވާނެކަމަށެވެ. އެހެންނަމަވެސް މިއަދު ގޮސް އިންނަވަނީ ރައީސް ޔާމީންގެ އަރިހުގައިކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެތަނުގައި ގައުމަށް އިހުލާސްތެރި އެކަކުވެސް ނެތްކަމަށާއި މިހާތަނަށް އެފަދަ އެއްވެސް މަސައްކަތެއްވެސް ކޮށްފައިނުވާނެކަމަށެވެ. އަދި އެމީހުން ކުރި މަސައްކަތަކީ ކޮބާތޯ ސުވާލުކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކަޅުބާޒާރުގައި ޑޮލަރުވިއްކާ އަގުގެ ވާހަކަ ޝާއިރުކުރާ ފާރްތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭގޮތް ހަދަނީ

ޕީޖީ އޮފީހުން މަސައްކަތްތައް ކޮށްފައި ހުންނާނީ މޫނަކަށް ކަނދުރާއަކަށް މަޤާމަކަށް ބެލުމެއް ނެތި: އައްބާސް ޝަރީފް

ފެންފުށީގަ މަސްތުވާތަކެތި ވިއްކާ މީހަކު ހައްޔަރުކޮށްފި

ޖަލަށް ވައްދާ މޯބައިލް ސިމްކާޑުގެ ވެރިފަރާތަށް ޤާނޫނީ ފިޔަވަޅު އެޅޭކަން ކަށަވަރުކުރަން ކެބިނެޓުން ނިންމައިފި

މޯލްޑިވިއަނުން ފަތުރުވެރިންނަށް ޓިކެޓް ވިއްކާ އަގު ހެޔޮކުރަން ކެބިނެޓުން ނިންމައިފި

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
