މާލެ: 31°C
ޓެކްސީ ޑްރައިވަރުން ބުނަނީ މައްސަލަ ގޯސްކުރީ ސަރުކާރުން ކަމަށް، އެއާޕޯޓް ޓެކްސީއަށް އެމްޓީސީސީ އިން ނުކުމެއްޖެ

ޓެކްސީ ޑްރައިވަރުން ބުނަނީ މައްސަލަ ގޯސްކުރީ ސަރުކާރުން ކަމަށް، އެއާޕޯޓް ޓެކްސީއަށް އެމްޓީސީސީ އިން ނުކުމެއްޖެ

May 15, 2024
3 ފަހަރު ބަލާފައި
ޓެކްސީ ޑްރައިވަރުން ބުނަނީ މައްސަލަ ގޯސްކުރީ ސަރުކާރުން ކަމަށް، އެއާޕޯޓް ޓެކްސީއަށް އެމްޓީސީސީ އިން ނުކުމެއްޖެ
މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތައް ކުރެެވޭނެ ކަމަށް ސަރުކާރުން އިއްޔެ ކަނޑައެޅި އަގުތަކަށް އަމަލު ނުކުރާނެ ކަމަށް ޓެކްސީ ޑްރައިވަރުން މިއަދު ބުނެފި އެވެ. އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީން އަގު ކަނޑައެޅީ ހަ ފަސެންޖަރުން ނުވަތަ އެއަށްވުރެ ގިނަ ފަސެންޖަރު އަރުވައިގެން ޓެކްސީ ކުރެވޭ އަގުތަކެވެ. އެ އަގުތަކަށް އިއްޔެއިން ފެށިގެން އަމަލުކުރަން އަންގައި، ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައި އެވެ. އެކަމުގައި ކަންބޮޑުވުން އޮތަތީވެ ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ މީހުންގެ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ ޑްރައިވަރުންގެ ހިޔާލާއި މަޝްވަރާ ނުހޯދާ ޓެކްސީގެ އަގުތައް ކަނޑައެޅުމެވެ. ޕްރެސް ގައި ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރުން ބުނީ ގިނަ ޓެކްސީތަކަކީ ބޭންކުން ލޯނު ނަގައިގެން ގަނެފައިވާ ޓެކްސީތަކަށްވާއިރު އަގުތައް ކޮންޓްރޯލް ކުރުމުން ޑްރައިވަރުންނަށް ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭނެ ކަމަށެވެ. އަދި އެ ނިންމުމަކީ ޑްރައިވަރުން "ބިކަ" ވެގެން ދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ. ޑްރައިވަރުން ބުނީ ޓެކްސީގެ ދަތުރުތަކުގެ އަގުތައް ނޫން އެހެން ހުރިހާ އަގެއް ކަނޑައެޅުމުގެ ބާރު ސަރުކާރުން އޮންނަނީ އެބައެއްގެ އަތް މައްޗަށް ދޫކޮށްލާފައިވާ ކަމަށެވެ. ''އަޅުގަނޑުމެންގެ އަގު ހަމައެކަނި ކޮންޓްރޯލް ކުރާތީ މިއީ ކަންބޮޑުވުމެއް'' ޑްރައިވަރުން ސުވާލު އުފެއްދި އެވެ. "އަޅުގަނޑުމެން މި ވަގުތު ހުރިހާ ޑްރައިވަރުންގެ ފަރާތުން މި އެދޭ އެންމެ ބޮޑު އެދުމަކީ އަޅުގަނޑުމެން އަގުތައް ކޮންޓްރޯލް ކުރުމުގެ ކުރިން އަޅުގަނޑުމެން ބޯ މައްޗަށް އެބަހުއްޓޭ އެއަށްވުރެ މާ އަސާސީ ހައްގުތަކެއް އެ އަސާސީ ހައްގުތައް ކޮންޓްރޯލް ކުރުމަށް ފަހު އަޅުގަނޑުމެންގެ ހައްގުތައް ކޮންޓްރޯލްކުރާށޭ'" ޑްރައިވަރުން، ޓްރާންސްޕޯޓަށް ގޮވާލީ އަގުތައް މުރާޖާ ކުރުމަށެވެ. އަގުތަކަށް ބަދަލު ނުގެންނަހާ ހިނދަކު އަމަލުނުކުރާނެ ކަމަށް ބުންޏެވެ. ''ސަރުކާރުން ނެރެފައިވާ ނޫސް ބަޔާން، މިއޮތް އަގުތައް މުޅި އަގުތައް މުރާޖާ ނުކޮށް އަޅުގަނޑުމެން މިތިބީ މި އަށް އަމަލުކުރާ ގޮތަކަށް ނޫން'' ޑްރައިވަރުން ބުންޏެވެ. އެ ޕްރެސްގައި ވާހަކަ ދެއްކި ޑްރައިވަރު، އިބްރާހިމް ޝަމީމް ބުނީ ވޭން ދަތުރުތަކުގެ އަގު 40 ޕަސެންޓް ކުޑަކޮށްފައިވާއިރު ސަރުކާރުން ޓެކްސީ ނިޒާމުގެ ތެރެއަަށް ވަދެފައިވާ ކަމަށެވެ. ސަރުކާރު ހިއްސާވާ އެމްޓީސީސީން ގިނަ އަދަދެއްގެ ކާރުތައް ކުއްޔަށް ނަގައިގެން އެއާޕޯޓުން ދަތުރުތައް ނަގަން ފަށާފައިވާ ކަމަށް އޭނާ ތުހުމަތު ކުރި އެވެ. ''އަޅުގަނޑަށް އެނގިފައެއް ނެތް، އެމްޓީސީސީން ޓެކްސީ ދަތުރު ފެށިއިރު އެއިން އެއްވެސް (ހުއްދަ) ވަސީލަތެއް ހަމަކުރެވިފައި ހުރި ކަމަށް. އެކަމަކު މިއަދު ދަނީ އެއާޕޯޓް ޓެކްސީ ކިއުއަށް އަރައި ދަތުރުކުރަމުން'' ޝަމީމް ބުންޏެވެ. ޓެކްސީ ޑްރައިވަރުން ބުނާގޮތުގައި އެއާޕޯޓް ޓެކްސީ ކިޔޫގެ ހަމަޖެހުން ގެއްލުވާލީ ސަރުކާރުން، ފުލުހުންނާއި އެމްއޭސީއެލްއިންނެވެ. އެހެންވެ އެއާޕޯޓް ދަތުރުތައް ކުރުމަށް ޓެކްސީ ޑްރައިވަރުން ދެކޮޅު ހެދިއެވެ. އެކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ ގޮތް ދޫކުރުމެއް ނެތް ކަމަށާއި ޓެކްސީ ކިޔޫގެ މައްސަލަ ހައްލުވަންދެން ވަރަށް ކައިރިން ކަންކަން ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. ޓެކްސީ ޑްރައިވަރުންގެ ހަޅުތާލެއް ފެށި، އާންމު ދަތުރުފަތުރަށް ހުރަސްތައް ކުރިމަތިވެދާނެ ކަމަށް ބަލައި، އެމްޓީސީސީ މެދުވެރިކޮށް ޓެކްސީކުރުމަށް ވަނީ ކާރު ނެރެ، ހުޅުލޭ ޓެކްސީ ކިޔޫގައިވެސް މަސައްކަތްކުރަމުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ