މާލެ: 31°C
ސްމާޓް ޕާކިންގައި ޕާކްކުރުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

ސްމާޓް ޕާކިންގައި ޕާކްކުރުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

April 2, 2024
2 ފަހަރު ބަލާފައި
ސްމާޓް ޕާކިންގައި ޕާކްކުރުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި
ހުޅުމާލޭގައި ގާއިމްކުރި ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިންގައި ޕާކުކުރުމަށް ޖާގައަށް އެދުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ. އެޗްޑީސީން ބުނީ ކާރަށް ހާއްސަކޮށްފައިވާ މި ޕާކިން ޖާގަތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޖާގަ ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓަރމިނަލް ޕާކު ކައިރީގައި ތަރައްގީކޮށްފައިވާ "ފިތުރޯނު ސްމަރޓް ޕާކިންގ ޒޯންއިން" ޕާކްކުރުމަށް ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރުގެ މުއްދަތަކަށެވެ. މި ޒޯނުން 41 ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެޗްޑީސީން ބުނި ގޮތުގައި، މި ބީލަން ފެށޭ އަގަކީ 1،500ރ. ކަމަށާއި ޖާގަތައް ކުއްޔަށް ދޭނީ ޕޮއިންޓް ދޭ އުސޫލުގައި ކަނޑައަޅާފައިވާ ގޮތަށް އެންމެ މަތިން ޕޮއިންޓް ހޯދާ މީހުންނަށް ކަމަށެވެ. މި ޕާކިން ޖާގަތައް ދެނީ ހަމައެކަނި ދިވެހިންނަށްކަމަށާއި އަދި ޕާކު ކުރާ އުޅަނދުތައް ވާންޖެހޭނީ ބީލަން ހުށަހަޅާ މީހާގެ ނަމުގައި މާލެ ސަރަހައްދުގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ބޭނުންކުރާ އުޅަނދަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އާ އެއްގޮތަށް ފަރުމާކޮށްފައިވާ މި ސްޕާޓް ޕާކިންގައި ތަފާޓު ފީޗާސް ހުންނަކަމެށެވެ. އެގޮތުން ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓާ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑް ވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެ  ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައްވީސް ގަޑި އިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓާ ކުރެވޭނެ ކަމަށާއި ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. ފިތުރޯނު ޕާކިންގ ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަހަށް އިތުރު ސްމާޓް ޕާކިންގ ޒޯންތައް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ތައާރަފު ކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ