މާލެ: 31°C
ރާއްޖެއަށް ދެން ބޭނުންވަނީ ޒިންމާދާރު އިދިިކޮޅު ޕާޓީއެއް: މިނިސްޓަރ ޝަރީފް

ރާއްޖެއަށް ދެން ބޭނުންވަނީ ޒިންމާދާރު އިދިިކޮޅު ޕާޓީއެއް: މިނިސްޓަރ ޝަރީފް

April 22, 2024
2 ފަހަރު ބަލާފައި
ރާއްޖެއަށް ދެން ބޭނުންވަނީ ޒިންމާދާރު އިދިިކޮޅު ޕާޓީއެއް: މިނިސްޓަރ ޝަރީފް
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މަޖިލީހުން ސުޕަ މެޖޯރިޓީ ލިބިފައިވާތީ، ދެން ރާއްޖެއަށް ބޭނުން ވަނީ ޒިންމާދާރު އިދިިކޮޅު ޕާޓީއެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާނެ ޕާޓީއަކަށް ރާއްޖެ މިހާރު މިވަނީ އިންތިހާއަށް ބޭނުންވެފައި ކަމަށެވެ. އެގޮތުން ފެހި ގާނޫނުއަސާސީން ލިބިދިން މަލްޓި ޕާޓީ ޑިމޮކްރެސީގެ މަންފާ ރައްޔިތުންނަށް ކުރާނީ ތަހުޒީބު މުޖުތަމައުތަކުގައި ކަންކުރާ ފަދައިން ސަބަބުވެރި އިންސާނެއްގެ ވިސްނުމާއި ހިޔާލާއި ފިކުރާއި އަމަލުތައް ހުންނާނެ ގޮތަށް ޕާޓީތަކުގެ ހިންގުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފުރުސަތު ދީގެން ކަމަށް ވިދާޅުވިއެވެ. "ބަދަލު ހިފުމާއި ޖަދަލު ކުރުމާއި މަވެތިކަމާ ދުރުހެލިވެ ޕާޓީ އަކީ ވަކި ފިކުރެއް ނުވަތަ މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ފުރުސަތު ދީގެން." މިނިސްޓރ ވިދާޅުވިއެވެ. https://twitter.com/Adamshareefz/status/1782152967841566780 އިއްޔެ ބޭއްވި މަލިޖިސް އިންތިހާބުގެ ވަގުތީ ނަތީޖާއިން ބޮޑުތަނުން ސަރުކާރަށް ކާމިޔާބުވެފައިވާތީ އެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ޕީއެންސީ އަށް ރައްޔިތުން ދިން ތާއީދާ އެކީ ގައުމުގެ ކުރިމަގު އިތުރަށް އުޖާލާވާނެ ކަމަށެވެ. ޕީއެންސީއިން ސުޕަ މެޖޯރިޓީ ހޯދާފައިވާއިރު، މިހާރު އިދިކޮޅުގައި އޮތް ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް އިއްޔެގެ އިންތިހާބުގައި ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން 89 ދާއިރާއަކަށް ވާދަކޮށްގެން ލިބުނީ އެންމެ 15 ވަރަކަށް ގޮނޑިއެވެ. ޕީއެންސީން ސުޕަ މެޖޯރިޓީ ހޯދާފައިވަނީ 70 އަށް ވުރެ ގިނަ ގޮނޑީއާ އެކީގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ