މާލެ: 31°C
ނިރޮޅުމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ނިރޮޅުމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

February 26, 2024
3 ފަހަރު ބަލާފައި
ނިރޮޅުމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެ ފޭސް އެކެއް ނިރޮޅުމަގުގައި ކުޑަ ވޭނަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ނިރޮޅުމަގު "ރުއްގަނޑު ދޭއް" ކުރިމަތީ މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކުޑަ ވޭނެއް ކޮންޓްރޯލްނުވެ، ކާރެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހެނދުނު 06:18 ހާއިރުއެވެ.

އެކްސިޑެންޓުގައި ވޭން ދުއްވަންއިން ޑުރައިވަރަށް އަނިޔާވެ، އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަންޒަރުދުށް ޑްރައިވަރަކު މިނިވަންއަ ވާހަކަދައްކަމުން ބުނީ، ކުޑަ ވޭން ދުއްވާފައި އައީ ވަރަށް ބާރު ސްޕީޑްގައި ކަމަށާއި، އޭތި އައިގޮތަށް ކުރިމަތީ އޮތް ކާރުގައި ޖެހުނީކަމަށެވެ.

"ހީވާގޮތުން ކުޑަ ވޭން ދުއްވަން އިން މީހާއިނީ ތާއްޔާޖެހިފައި. އޭތި ކޮންޓްރޯލްވީ ކުރިމަތީ އޮތް ރަތްކާރުގައި ދެތިން ފަހަރަކު ޖެހިފައި" އޭނާ ބުންޏެވެ.

މި އެކްސިޑެންޓުގައި އިތުރު ކާރަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. މިހާދިސާގައި އަނިޔާވެ، ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވޭން ދުއްވަން އިން ޑްރައިވަރެވެ. އެކްސިޑެންޓް ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެސަރަހައްދަށް އައިސް ހާދިސާ ތަހުގީގުކުރަން ފަށާފައެވެ.

ހުޅުމާލޭ ނިރޮޅު މަގަކީ އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ އެއް މަގެވެ. މި މަގަކީ އާއްމުގޮތެއްގައި ހެދުނު ގަޑީގައި ވަރަށް ކާރުބާރޫ ބޮޑު މަގެކެވެ. ނިރޮޅުމަގުގައި އެކްސިޑެންޓްތައް ހިނގާވަރު އިތުރުވަމުން ދިއުމާ ގުޅިގެން ހެނދުނު ގަޑީގައި އާއްމު ގޮތެއްގައި މި މަގު ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ޓްރެފިކް ޕޮލިހުން މަގުގެ އެކި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ