މާލެ: 31°C
މި ސަރުކާރުން ކަނޑައެޅި 8 ސަފީރަކަށް މަޖިލީހުން ރުހުން ދީފި

މި ސަރުކާރުން ކަނޑައެޅި 8 ސަފީރަކަށް މަޖިލީހުން ރުހުން ދީފި

April 29, 2024
3 ފަހަރު ބަލާފައި
މި ސަރުކާރުން ކަނޑައެޅި 8 ސަފީރަކަށް މަޖިލީހުން ރުހުން ދީފި
މި ސަރުކާރުން ސަފީރުކަމަށް އައްޔަނުކުރުމަށް ނަން ފޮނުވި އަށް ފަރާތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސަފީރުކަމަށް އަދި މަންދޫބުކަމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން އަށް ބޭފުޅަކަށް މަޖިލީހުން ރުހުން ދީފައެވެ. މަޖިލީހުން ރުހުން ދީފައިވާ ފަރާތްތައް:
  • އެކުވެރި އަރަބި އިމާރާތް: މުޙައްމަދު ހުސައިން ޝަރީފް (39 މެންބަރުން ރުހުން ދިން)
  • އިނގިރޭސިވިލާތް: ޑރ. އިރުތިޝާމް އާދަމް (39 މެންބަރުން ރުހުން ދިން)
  • އދ. އަށް ކަނޑައަޅާ ދާއިމީ މަންދޫބު: ޑރ. އަލީ ނަސީރު މުޙައްމަދު (39 މެންބަރުން ރުހުން ދިން)
  • ސްރީލަންކާ: މައްސޫދު އިމާދު (38 މެންބަރުން ރުހުން ދިން)
  • މެލޭޝިއާ: ޑރ. މަރިޔަމް ޝަބީނާ އަހްމަދު (41 މެންބަރުން ރުހުން ދިން)
  • ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން: ގީލާ އަލީ (40 މެންބަރުން ރުހުން ދިން)
  • ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅާ ދާއިމީ މަންދޫބު: ޑރ. ސަލްމާ ރަޝީދު (40 މެންބަރުން ރުހުން ދިން)
  • ސިންގަޕޫރު: މުޙައްމަދު ލުވައިޒް (41 މެންބަރުން ރުހުން ދިން)
މި ސަފީރުންނަށް މަޖިލީހުން ރުހުން ދީފައިމިވަނީ، ސަފީރު ކަމަށް އައްޔަނުކުރުމަށް ފޮނުވާފައިވާ ނަންތަކަށް ރައްޔިތުންގެ މަޖިލިހުން ރުހުން ނުދީ ގިނަ ދުވަސްވުމުން ރައީސް މުއިއްޒު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ