މާލެ: 31°C
މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ދެމިތިބޭނަން: ސޯލިހް

މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ދެމިތިބޭނަން: ސޯލިހް

May 1, 2024
3 ފަހަރު ބަލާފައި
މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ދެމިތިބޭނަން: ސޯލިހް
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި އެމްޑީޕީން އަބަދުވެސް ދެމިތިބޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން "އެކްސް" ގައި ކުރެއްވި ފޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރެވުނު މަސައްކަތްތަކާ މެދު އެމްޑީޕީން ފަހުރުވެރިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން މިނިމަމް ވޭޖް ތައާރަފް ކުރެވުނުކަން ސޯލިހް ވަނީ އެ ފޯސްޓުގައި ފާހަގަކުރައްވާފައެވެ. "ކުރިއެކޭ އެއްގޮތަށް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި އެމްޑީޕީ ދެމި އޮންނާނެ" ސޯލިހް ވިދާޅުވެފައިވެއެވެ. https://twitter.com/ibusolih/status/1785519871649784050 ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 1 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައެވެ. ރާއްޖޭގައި ރަސްމީގޮތެއްގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ