މާލެ: 31°C
މަކަރާއި ހީލަތުގެ މައްސަލައެއްގައި ތިން މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި ތިން މީހަކު ހޯދަނީ

May 15, 2024
3 ފަހަރު ބަލާފައި
މަކަރާއި ހީލަތުގެ މައްސަލައެއްގައި ތިން މީހަކު ހޯދަނީ
ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިންމީހަކު ހާޒިރުކުރުމަށް ފުލުހުން އިއުލާނުކޮށްފިއެވެ. މި މައްސަލައިގެ ތަހުގީގަށް ހޯދަމުން ދަނީ، ހއ. ތުރާކުނު އަސުރުމާގެ އުމުރުން 25 އަހަރުގެ އަލީ ޝަރީފް އާއި ލ. ގަން، މަތިމަރަދޫ، ނަޔާޗާންދު އުމުރުން 37 އަހަރުގެ އަލީ ޝަމީމް ގެ އިތުރުން އދ. ކުނބުރުދޫ، މާބަގީޗާގެ އުމުރުން 24 އަހަރުގެ އައިޝަތު ނުހާ އެވެ. މި ތިން މީހުން ހޯދަން ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށާއި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. އެގޮތުން، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، މި ތިން މީހުން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މިމަހުގެ 21 ވަނަ ދުވަހުގެ 11:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ