މި އިންތިހާބުގައި ޕީއެންސީން ވަނީ ސުޕަ މެޖޯރިޓީ ހޯދާފައެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުގެ އަދަދުން ގަދަ ދިހައެއް
މަޖިލިސް އިންތިހާބުގައި ވޯޓުގެ އަދަދުން ގަދަ ދިހައެއް
ލިޔުން:
މި ހިމަނާލަނީ ވިހިސައުވީސް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރިއިރު އެންމެ ގިނަ ވޯޓު ހޯދައިގެން އެންމެ ކުރީގައި އުޅުއްވާ 10 ބޭފުޅުންނެވެ.
2444 ވޯޓު ހޯއްދައްވައިގެން ލިސްޓުގެ އެއްވަނަ ހޯއްދަވާފައި ވަނީ ބާރަށު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހީމް ޝުޖާއު (ފޮޓޯ) އެވެ.
ލ. ގަމު ދާއިރާގެ އިންތިހާބީ މެންބަރު ޔޫސުފް ނަޝީދު ދެވަނަ ހޯއްދެވީ 1848 ވޯޓުންނެވެ. ތިން ވަނަގައި އޮތީ 1738 ވޯޓު ހޯއްދެވި ފުވައްމުލަކު އުތުރު ދާއިރާގެ އިންތިހާބީ މެންބަރު ހަމަދު އަބްދުﷲ އެވެ. މަޑުއްވަރީ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ޒާހިރު ލިސްޓުގެ ހަތަރު ވަނަ ކަށަވަރު ކުރައްވާފައި ވަނީ 1735 ވޯޓުންނެވެ. އަދި ހުޅުމާލޭ މެދު ދާއިރާގެ އިންތިހާބީ މެންބަރުވެސް އޮތީ ލިސްޓުގެ ހަތަރު ވަނާގައެެވެ. އެީ 1735 ވޯޓާއެކީގައެެވެ.
މުޅިންވެސް ޕީއެންސީ މެންބަރުން ހިމެނޭ މި ލިސްޓުގެ ހަވަނަ 1720 ވޯޓުން ކާމިޔާބު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. ހަތް ވަނާގައި އުޅެނީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހް (މަންޑޭ)އެވެ. އެއީ 1698 ވޯޓެވެ. ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށްވަނަ ނެގީ 1649 ވޯޓުންނެވެ.
ނުވަ ވަނަ ހޯރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ހޯއްދަވާފައި ވަނީ 1602 ވޯޓު ހޯއްދަވައިގެންނެވެ. 1582 ވޯޓާއެކު ލިސްޓުގެ ދިހަ ވަނާގައި އޮތީ އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހީމް ފަލާހުއެވެ.
މި އިންތިހާބުގައި ޕީއެންސީން ވަނީ ސުޕަ މެޖޯރިޓީ ހޯދާފައެވެ.
މި އިންތިހާބުގައި ޕީއެންސީން ވަނީ ސުޕަ މެޖޯރިޓީ ހޯދާފައެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
