މާލެ: 31°C
މަޖިލިސް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާއްމުކޮށްފި

މަޖިލިސް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާއްމުކޮށްފި

March 25, 2024
3 ފަހަރު ބަލާފައި
މަޖިލިސް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާއްމުކޮށްފި
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޭޕްރިލްމަހުގެ 21 ވަނަ ދުވަހުއެވެ. މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 21 ވާ އާދިއްތަދުވަހުގެ ހެނދުނު 08:00 ފެށިގެން 16:00 ގެ ނިޔަލަށެވެ. ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އެދުވަހުގެ 16:00 ގެ ފަހުންނެވެ. ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކުން ޖުމްލަ 369 ކެނޑިޑޭޓުން ވާދަކުރާނެއެވެ. މިފަހަރުގެ މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، އަތޮޅުތެރޭގެ ރަށްތަކުގައި 319 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއް ރަށެއްގައި އެންމެ ގިނަ ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓަނީ މާލޭގައެވެ. އެގޮތުން މާލޭގައި 181 ވޯޓު ފޮށި ބަހައްޓާއިރު ހުޅުމާލޭގައި 51 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިލިމާލޭގައި 9 ވޯޓު ފޮށި ބަހައްޓާނެއެވެ. އީސީން ބުނީ ރިސޯޓްތަކުގައި 34 ވޯޓު ފޮށި ބަހައްޓާއިރު، ޖަލު ތަކުގައި 5 ވޯޓު ފޮށްޓާއި ރާއްޖެއިން ބޭރުގައި 3 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. މި އިންތިހާބުގައި ސިނާއީ އެއްވެސް ރަށެއްގައި ވޯޓު ފޮށި ނުބަހައްޓާގޮތަށް އީސީން ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ