މާލެ: 31°C
މަޖިލިސް އިންތިހާބުގައި 8 ވޯޓު ފޮށްޓެއް ބަހައްޓާ ތަނަށް ބަދަލު ގެނެސްފި

މަޖިލިސް އިންތިހާބުގައި 8 ވޯޓު ފޮށްޓެއް ބަހައްޓާ ތަނަށް ބަދަލު ގެނެސްފި

April 16, 2024
3 ފަހަރު ބަލާފައި
މަޖިލިސް އިންތިހާބުގައި 8 ވޯޓު ފޮށްޓެއް ބަހައްޓާ ތަނަށް ބަދަލު ގެނެސްފި
އަންނަ އާދިއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ބައެއް ދާއިރާތަކުގެ ވޮޓު ފޮށި ބަހައްޓާ ސަރަހައްދަށް އިލެކްޝަންސް ކޮމިޝަނުން ބަދަލުގެނެސްފިއެވެ. މިފަހަރުގެ މަޖިލިސް އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބެހައްޓަން އީސީން ނިންމާފައިވާއިރު، 8 ވޯޓު ފޮށްޓެއް ބަހައްޓާ ސަރަހައްދަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، ވޯޓުފޮށީގެ ނަންބަރާއި ވޯޓުފޮށީގެ ކޯޑާއި، ވޯޓުފޮށީގެ ނަން ހިމެނޭހެން ވޯޓުފޮށި ބަހައްޓާ ތަނާއި ސަރަހައްދަށް އައި ބަދަލު ގެޒެޓުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. ބަދަލުގެނެސްފައިވާ 8 ވޯޓު ފޮއްޓާއި މިހާރު ފޮށި ބަހައްޓާ ސަރަހައްދު: 
  • ނ. ވެލިދޫ-1 - ނ. ވެލިދޫ، ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑީ ބްލޮކް އިމާރާތް
  • ތ. ގުރައިދޫ-1 - ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ ލައިބްރަރީ
  • ތ. ގުރައިދޫ-2 - ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ އޭ.ވީ ރޫމް
  • ތ. ތިމަރަފުށި-1 - ތ. ތިމަރަފުށި، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލް
  • ގަލޮޅު ދެކުނު-5 - މާލެ، އިމާދުއްދީން ސްކޫލް ކްލާސްރޫމް 8 ބީޓެކް
  • ރ. އަތޮޅު، މާލެ-2 - އިސްކަންދަރު ސްކޫލްގެ ކްލާސް ރޫމް 3B
  • ދ. އަތޮޅު، މާލެ-1 - މާލެ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޮމްޕައުންޑް އޭރިއާ
  • ލ. އަތޮޅު، މާލެ-5 - މާލެ، ރިހިޖެހިކޮށި އިމާރާތުގެ ގްރައުންޑް ފްލޯގަ އޮންނަ ހުސް ޖާގަ
އީސީން ބުނީ މިގޮތަށް ބަދަލުގެނެސްފައިވަނީ ވޯޓުލާ މަރުކަޒުތަކުގައި ތޮއްޖެހުން ކުޑަކޮށް، ވޯޓުލާން ދާ މީހުންނަށް ލުއިފަސޭހަކުރުމަށްޓަކައި ކަމަށެވެ. ވޯޓުލާން ދިއުމުގެ ކުރިން، ވޯޓުލާންޖެހޭ ތަން ޔަގީންކުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ. ވޯޓުލާންޖެހޭ ތަން ޔަގީންކުރާނީ (Vr(space) id number) ޖެހުމަށްފަހު 1414 އަށް މެސެޖުކޮށްގެންނެވެ. އަދި 1414 އަށް ގުޅައިގެންނާއި އީސީގެ ވެބްސައިޓުންވެސް އިތުރު މައުލޫމާތު ހޯދޭނެއެވެ. މަޖިލިސް އިންތިހާބުގައި 602 ވޯޓުފޮށި ބަހައްޓާއިރު، މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށްޓެވެ. އަދި އަތޮޅުތަކުގައި 319 ވޯޓު ފޮށި ބަހައްޓާއިރު، ރާއްޖޭން ބޭރުގެ 3 ގައުމެއްގައި ވޯޓު ފޮށި، ރިސޯޓުތަކުގައި 34 ވޯޓު ފޮށި އަދި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ