
މަޖިލީހަށް އިންތިހާބުވި އާ މެމްބަރުން ހުވާކުރުން އަންނަ މަހު 28 ގައި
މަޖިލީހަށް އިންތިހާބުވި އާ މެމްބަރުން ހުވާކުރުން އަންނަ މަހު 28 ގައި
ލިޔުން:
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކޮށް އަލަށް އިންތިހާބު ވެވެޑައިގަތް މެމްބަރުންގެ ހުވާކުރުން އަންނަ މަހުގެ 28 ގައި ބާއްވަން ނިންމައިފިއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގައި އާ މެމްބަރުން ހުވާކުރުމުގެ ޖަލްސާ އޮންނަ ތާރީހު އިއުލާނުކުރަމުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ހުވާކުރުމުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލިސް އިދާރާއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަދި އަސްލަމް ވަނީ ހިނގަމުން މިދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ އަންނަ މަހުގެ 15 ގައި ކަމަށް ވެސް އިއުލާންކުރައްވާފައެވެ. އެގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ މެއި 13 ގައެވެ.
މަޖިލިސް ޖަލްސާއެއް މިއަދު ކުރިއަށްމިގެންދަނީ ތިން ހަފުތާއަށް ފަހުއެވެ. ޖަލްސާތައް މެދުކަނޑާލީ ރޯދަ މަހުގެ ފަހު ދިހަ އާއި އީދު ބަންދު އަދި މަޖިލިސް އިންތިހާބަށް ސަރުކާރުން ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައެޅި ދެ ދުވަށް ފަހުއެވެ.
މިއަދުގެ ޖަލްސާ ފެށިގެން ކުރިއަށްދާއިރު، ޖަލްސާގެ އެޖެންޑާގައި މައިގަނޑު ގޮތެއްގައި ވަނީ ސަރުކާރުން ހުށަހެޅި ތިން ބިލަކަށް ބަހުސް ކުރުމެވެ. އެއީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާއި، ބިމުގެ ބިލާއި، ޖީނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ނިމިގެން ދިޔަ މަޖިލީހުގެ އިންތިހާބުގައި، މިހާރު މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ވަނީ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އެމްޑީޕީއަށް 12 ގޮނޑި ކާމިޔާބުކުރެވިފައިވާއިރު ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
