މާލެ: 31°C
މާވަށުގައި 30 ހެކްޓަރުގެ ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރައީސް ނިންމަވައިފި

މާވަށުގައި 30 ހެކްޓަރުގެ ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރައީސް ނިންމަވައިފި

April 11, 2024
3 ފަހަރު ބަލާފައި
މާވަށުގައި 30 ހެކްޓަރުގެ ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރައީސް ނިންމަވައިފި
ލ. މާވަށުފަޅުން 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް އެންމެ މުހިންމީ ގެދޮރުވެރި ކަމުގެ މަޝްރޫއު ކަމަށެވެ. އެ ގޮތުން ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް ބަލާއިރު ގިނަ ރަށްރަށުގައި އަދި މާވަށުގައި ވެސް ބިމުގެ ޖާގަ ނެތްކަމަށް ރައީސް ފާހަނގަ ކުރެއްވިއެވެ. މިގޮތުން ގޯތި ދިނުމުގެ މަޝްރޫއާއި ހައުސިން އުނިޓްތަށް އެޅުމުގެ މަޝްރޫއަށް އަލިއަޅުވާލައި ރައީސް ވިދާޅުވީ، މާވަށުގެ ރައްޔިތުންނަށް ކުރިން ހަމަޖެހިފައިވީ 15 ހެއްކްޓާރުގެ ބިން ހިއްކައި ދިނުމަށް ކަމަށާއި، ނަމަވެސް އެއީ ރައްޔިތުން އެދޭ މިންވަރު ނޫން ކަމަށެވެ. " އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ 15 ހެކްޓަރެއް ނޫނޭ 30 ހެކްޓަރުގެ ބިންހިއްކުމުގެ މަޝްރޫއެއް އަޅުގަނޑުމެން މި ރަށުގައި ކުރިއަށް ގެންގޮސްދޭނަން" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި މަޝްރޫއު ކުރިޔަށް ގެންދިއުމުގެ އަމަލީ މަސައްކަތް ވީހާވެސް އަވަކަށް ފެށިގެން ދާނެކަމަށާއި، އެގޮތުން ބިން ހިއްކުމަށް އެންމެ ފުރަތަމަ ކުރަން ހުރި މަސަކަތުގެ ތެރެއިން ބަންޑުވޯލް ޖެހުމުގެ މަސަކަތުން ފެށިގެން ބާރު ސްޕީޑުގައި މަސަކަތް ނިމޭއިރު 30 ހެކްޓަރު ހަމަކޮށްދޭނެ ކަމަށެވެ. ރައީސް ވިދާޅުވީ، 30 ހެކްޓަރުގެ ބިންހިއްކުމަށް ނިންމެވި ސަބަބަކީ ޒުވާނުންނާ އެކި އުމުރުގެ ބޭފުޅުންނަށް ގެދޮރުވެރި ކަމުގެ އެންމެ ބޮޑުހައްލެއް ލިބިގެން ދާނެ ކަމަކަށް ވާތީ ކަމަށެވެ. ގެދޮރުވެރިކަމަށް ހައްލު ހޯދައިދެވޭނީ އެކަމަށް ލޯނު ނުވަތަ ހައުސިން މަޝްރޫއުތަކެއް ކުރިޔަށް ގެންދެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ވިދާޅުވީ، މާވަށުގައި ބިން ހިއްކައިދީ ހައުސިން ޔުނިޓްގެ މަޝްރޫއުތަށް ފައްޓަވާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ މާވަށާ ކައިރީގައި ރިސޯޓްތައް ހެދުމުގެ މަޝްރޫއުތައް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން ރަށް ކައިރިން ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ހައްދުންމަށްޗަށްކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަމާއި ބެހޭ ވަޒީރުންގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ރަމަޟާންމަހުގެ ކުރިންވެސް ރައީސް ވަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. ހައްދުންމައްޗަށާއި އައްޑޫއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރުދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ