މާލެ: 31°C
މާފަރުގެ އިހުތިސާސުން އުނިކުރި ބައި އިޔާދަކޮށްދީފި

މާފަރުގެ އިހުތިސާސުން އުނިކުރި ބައި އިޔާދަކޮށްދީފި

April 15, 2024
3 ފަހަރު ބަލާފައި
މާފަރުގެ އިހުތިސާސުން އުނިކުރި ބައި އިޔާދަކޮށްދީފި
މާފަރު ކައުންސިލްގެ އިހުތިސާސުގެ ތެރެއިން އުނިކޮށްފައިވާ ފަޅުރަށްތައް މާފަރުގެ އިހުތިސާސުގެ ތެރޭގައި އަލުން ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވައިފިއެވެ. މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައި ބަޔާންކޮށްފައިވަނީ، މާފަރުގެ އިހުތިސާސުން އުނިކޮށްފައިވާ ދެ ރަށްކަމަށްވާ "ފަރުމުލި" އަދި "ކަނޑިންމާހުރާ" އަކީމާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ. މާފަރުގެ އިހުތިސާސުން "ފަރުމުލި" އަދި "ކަނޑިންމާހުރާ" ވަކިކޮށްފައިވަނީ 2020 ވަނަ އަހަރެވެ. އެ ދެ ރަށް ހިމެނޭހެން މާފަރުގެ އިހުތިސާސުން އޭރު ވަނީ، 80 ހެކްޓަރުގެ ބިން ވަކިކޮށްފައެވެ. މާފަރުގެ އިހުތިސާސުން ވަކިކުރި ރަށްތަށް އަނބުރާ ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެރަށަށް ކެމްޕެއިން ތެރޭގައި ކުރި ޒިޔާރަތުގައި ވެ ވަޑައިގަތް ވައުދުފުޅެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ