މި އެކްސިޑެންޓުގައި އެއް ލޯންޗުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު، އަނެއް ލޯންޗް އަދިވެސް އޮތީ އެކްސިޑެންޓްވި ސަރަހައްދުގައެވެ.
ދެ ލޯންޗް ޖެހި އެކްސިޑެންޓް ވީ ކީއްވެގެންކަން އަދި މިހާތަނަށް އެނގިފައިނުވާއިރު، މެރިން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ލޯންޗް އެކްސިޑެންޓުގައި އަނިޔާވި ގިނަ ބަޔަކަށް މީހަކަށް ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާދެނީ
ލޯންޗް އެކްސިޑެންޓުގައި އަނިޔާވި ގިނަ ބަޔަކަށް މީހަކަށް ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާދެނީ
ލިޔުން:
ވިލިމާލެ ކައިރި ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާޓެރި އެކްސިޑެންޓުގައި ގިނަ އަދަދެއްގެ ބަޔަކަށް ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
ވިލިމާލޭ ވޯޓާސްޕޯޓް އާ ދިމާލުން ކަނޑުމަތީގައި މި ހާދިސާ ހިނގާފައިވަނީ މިރޭ ގާތްގަނޑަކަށް އަށެއްޖަހަން އުޅެނިކޮށްކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓާ ބެހޭގޮތުން އެ ސަރަހައްދުގައި ހުރި މީހަކު މިނިވަންއަށް މައުލޫމާތު ދެމުން ބުނީ މި ހާދިސާގައި ވަރަށްބޮޑަށް އަނިޔާވި 13 މީހަކު ވިލިމާލޭ ހޮސްޕިޓަލަށް ގެނެސްފައިވާކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ބައެއް މީހުންނަށް ލިބުނު އަނިޔާ ސީރިއަސްވުމުގެ ސަބަބުން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އަނިޔާވި މީހުންގެ ތެރޭގައި އެފްކޮންސް އަށް ނިސްބަތްވާ 10 މުއައްޒަފަކާއި އަނަންތަރާ ލޯންޗުގައި ތިބި ތިން މީހަކު ހިމެނެއެވެ.
މި އެކްސިޑެންޓުގައި އެއް ލޯންޗުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު، އަނެއް ލޯންޗް އަދިވެސް އޮތީ އެކްސިޑެންޓްވި ސަރަހައްދުގައެވެ.
ދެ ލޯންޗް ޖެހި އެކްސިޑެންޓް ވީ ކީއްވެގެންކަން އަދި މިހާތަނަށް އެނގިފައިނުވާއިރު، މެރިން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި އެކްސިޑެންޓުގައި އެއް ލޯންޗުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު، އަނެއް ލޯންޗް އަދިވެސް އޮތީ އެކްސިޑެންޓްވި ސަރަހައްދުގައެވެ.
ދެ ލޯންޗް ޖެހި އެކްސިޑެންޓް ވީ ކީއްވެގެންކަން އަދި މިހާތަނަށް އެނގިފައިނުވާއިރު، މެރިން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
