
އިންތިހާބުގެ ނަތީޖާއިން އިނގެނީ ރައީސްގެ ހިކުމަތްތެރި ވިސްނުންފުޅު: ނައިބު ރައީސް
އިންތިހާބުގެ ނަތީޖާއިން އިނގެނީ ރައީސްގެ ހިކުމަތްތެރި ވިސްނުންފުޅު: ނައިބު ރައީސް
ލިޔުން:
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ލިބުނު ކާމިޔާބީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމްތަތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކާމިޔާބު ހޯދި މެމްބަރުންނަށް މަރުހަބާ ދަންނަވަމުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރައީސް ޑރ. މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅާއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހޯދި ފުރިހަމަ ކާމިޔާބީއަށް އެންމެހާ ކެންޑިޑޭޓުންނަށާއި ވޯޓު ދެއްވި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހޫނު މަރުޙަބާއަކާއި ޝުކުރެއް ދަންނަވާ ކަމަށެވެ.
https://twitter.com/HucenSembe/status/1782121544204144863
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީއަށް ވަނީ މަޖިލީހުގެ ސުޕާ މެޖޯރިޓީ ލިބިފައެވެ.
މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބު ކުރާއިރު، ސަރުކާރަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފައެވެ. ބާކީ ތިބި ގޮނޑިތައް އަމިއްލަ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި، އެމްއެންޕީގެ ކެންޑިޑޭޓެއް އަދި އެމްޑީއޭގެ ދެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
