މާލެ: 31°C
ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު: ރައީސް

ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު: ރައީސް

May 15, 2024
3 ފަހަރު ބަލާފައި
ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު: ރައީސް
ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ، ހަރުދަނާވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހާއި ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ގައުމީ ލޯތްބާއި ގައުމީ ހިދުމަތާއި ގައުމު ސަލާމަތްކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން ކަމަށެވެ. "ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު" ރައީސް ވިދާޅުވިއެވެ. https://twitter.com/MMuizzu/status/1790602523432399028 އާއިލާތަކުގެ ދުވަހަކީ އާއިލީ ގުޅުން ވަރުގަދަކުރުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. އެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުން ފެށިގެންނެވެ. މި ސަރުކާރުން ވަނީ އާއިލާތަކުގެ ގުޅުން ވަރުގަދަކޮށް، ބާރުވެރިކުރުވުމަށް ހާއްސަ އިސްކަމެއްދޭކަން ހާމަކުރައްވައި، މުހިއްމު މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން އެ މީހުންގެ އާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް އެހީތެރިވުމުގެ އިތުރުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ "ހާލު ކިހިނެއް؟"ގެ ނަމުގައި ރާއްޖޭގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ