
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށީ އީއައިއޭ އާއި ޑިޒައިން ނުނިންމާ!
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށީ އީއައިއޭ އާއި ޑިޒައިން ނުނިންމާ!
ލިޔުން:
އަދުގެ ސަރުކާރުގެ އެންމެ އުންމީދީ މަޝްރޫޢު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ އީއައިއޭ އާއި ޑިޒައިނިންގެ މަސައްކަތް ނުނިންމާކަން ސަރުކާރުން މިއަދު އެއްބަސްވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި ނުވަތަ މަޑުޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކޮށްފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، އެ މަޝްރޫއު ނުހުއްޓި ކުރިއަށްދާ ކަމަށާއި، އެގޮތުން އެ މަޝްރޫއާ ގުޅިގެން ކުރިއަށް ގެންދަން ޖެހޭ އީ.އައި.އޭ އާއި، ޑިޒައިންކުރުމާއި އެނޫންވެސް ކުރަންޖެހޭ ކަންކަން ކުރިއަށްދާކަމަށެވެ.
"ފުށިދިއްގަރު ފަޅު މަޝްރޫއު ނުހުއްޓޭ، ތިބޭފުޅުންނަށް ހިއްކުމުގެ މަސައްކަތް ނުފެނު ނަމަވެސް އެމަޝްރޫއާ ގުޅޭ މަސައްކަތްތައް އެބަ ކުރިއަށްދޭ. ރައީސް ވިދާޅުވި ތާރީހަށް މަޝްރޫއު ކުރިއަށްދާނެ،" މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވިއެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ، އެ މަޝްރޫއަކީ ވަރަށް ގިނަ ކަންތައްތަކެއް އިދާރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި، އެ މަސައްކަތްތައް މި ވަގުތު ވެސް ކުރިއަށް ދާކަމަށެވެ.
ފުށިދިއްގަރުފަޅު ހިއްކާ "ރަސްމާލެ"ގެ ގޮތުގައި އެތަން ތަރައްގީ ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ތަރައްގީގެ އެންމެ ބިޔަ އަދި އެންމެ މުހިންމު އެއް މަޝްރޫއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
"ރަސްމާލެ" ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިވިލް މެރީން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ންނެވެ. އެ މަޝްރޫއަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެ ކުންފުންޏަށް ދެނީ 70 ހެކްޓަރުގެ ބިމެކެވެ. އެއީ ފުށިދިއްގަރުފަޅު ހިއްކައިގެން ލިބޭ 1093 ހެކްޓަރުން ބިމުގެ ތެރެއިން 60 ހެކްޓަރުގެ ބިމަކާއި، ހުޅުމާލެއިން ދިނުމަށް ހަމަޖެހިފައިވާ 10 ހެކްޓަރު ގެ ބިމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
