މާލެ: 31°C
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

May 13, 2024
2 ފަހަރު ބަލާފައި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މިހާރު ޤައުމީ ބޭންކުގެ ޗެއާމަންގެ މަޤާމު ފުރުއްވަމުން ގެންދަވާ ހަސަން ޒަރީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ޒަރީރު އައްޔަނުކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްކުރިއިރު، އޭނާއަކީ މީގެކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނުގެ މަޤާމަށް ޒަރީރު އައްޔަނުކޮށްފައިވަނީ ކުރިން މިހާތަނަށް އެމަޤާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަތުހުﷲ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނުގެ މަޤާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ނަމެއް ފޮނުއްވާފައެވެ. ޒަރީރުގެ އިތުރުން ދެން ރައީސް ފޮނުއްވި ބޭފުޅަކީ ކުރީގެ ސީޖީ ޔަޒީދު މުހައްމަދެވެ. ނަމަވެސް މީގެ ތެރެއިން ކޮމިޓީން ރުހުންދީފައިވަނީ ޒަރީރަށެވެ. ޒަރީރަކީ ސަރޓިފައިޑް އެކައުންޓެންޓެކެވެ. އޭނާ މަތީ ތައުލީމް ހާސިލްކުރައްވާފައިވަނީ މާސްޓާސް އޮފް ސައިންސް ފިނޭންސް ރޮނގުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިންނެވެ. ޒަރީރު ދައުލަތުގެ ކުންފުނިތަކުގެ މުހިއްމު ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ