މާލެ: 31°C
ބައު މުސްހަފުތައް ސިޓީ ކައުންސިލުން ބަލައިގަންނަން ނިންމައިފި

ބައު މުސްހަފުތައް ސިޓީ ކައުންސިލުން ބަލައިގަންނަން ނިންމައިފި

April 16, 2024
3 ފަހަރު ބަލާފައި
ބައު މުސްހަފުތައް ސިޓީ ކައުންސިލުން ބަލައިގަންނަން ނިންމައިފި
ބައު މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީސް ފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ނައްތާލަން އެފަދަ ތަކެތި މާލެ ސިޓީ ކައުންސިލުން ބަލައި ގަންނަން ނިންމައިފި އެވެ. އެ ކައުންސިލުން ބުނީ އަހަރަކު ދެ ފަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން ބައު މުސްހަފުތަކާއި ދީނީ ފޮތްތައް ބަލައި ގަންނަން ހަމަޖެހިފައި ވަނީ މި މަހުގެ 27 އިން ފެށިގެން އަންނަ މަހުގެ 2 އާ ހަމައަށެވެ. ސިޓީ ކައުންސިލުން ބުނީ ތަކެތި ބަލައި ގަންނާނީ އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަނާއި ހުޅުމާލެ ސެކްޝަންގައި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ