
އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް
އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް
ލިޔުން:
އަންހެން ހެދުން އަޅައިގެން ޢާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފު ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރާ ފިރިހެން މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ޢާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފު ވޯޑިއޯތައް އާންމުކުރާ އެ ފިރިހެން މީހާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން މި މައްސަލަ ތަހުޤީޤު ކުރަމުންދާއިރު، މި ފިރިހެންމީހާ އަކީ މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމެއްވެސް އޭރު ކުރިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
