
އަނަސް މަރުގެ މައްސަލާގައި ކުރިމިނަލް ކޯޓުން ކުރި ހުކުމާމެދު ދާހިލީ ވުޒާރާއިން ސުވާލު އުފައްދައިފި
އަނަސް މަރުގެ މައްސަލާގައި ކުރިމިނަލް ކޯޓުން ކުރި ހުކުމާމެދު ދާހިލީ ވުޒާރާއިން ސުވާލު އުފައްދައިފި
ލިޔުން:
ތޫނު އެއްޗަކުން ހަމަލާދީ މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ކުރިމިނަލް ކޯޓުން ކުރި ހުކުމާމެދު ދާހިލީ ވުޒާރާއިން ސުވާލު އުފައްދައިފިއެވެ.
އަނަސް މަރުގެ މައްސަލާގައި ކުރިމިނަލް ކޯޓުގެ ހުކުމާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަނަސްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ކުރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
މި ބަޔާނުގައި ބުނެފައިވަނީ، އަަނަސްއަށް ހަމަލާދީފައިވަނީ އާންމުންގެ ތެރޭގައި ކަމަށްވެފައި އެހާ ހާމަކަންބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުންވެސް އެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކަށް އަދަބު ނުލިބިދިއުމަކީ ތަންފީޒީ އިދާރާތަކާއި، އަދުލު އިންސާފް ގާއިމްކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނޭ ކަމެއްކަމަށް ދެކޭ ކަމަށެވެ.
މިކަމުގެ ސަބަބުން ގާނޫނުގެ ބާރު ނެގެހެއްޓުމަށް ހުރަސްއެޅި ކުށްކުރާ ފަރާތްތަކަށް ކުށް ކުރުމަށްފަހު ގާނޫނު އަދަބުން ބަރީއަވެވޭނެކަމުގެ ޔަގީންކަން ލިބިގެންދާނެކަން ހިތާމައާއެކު ފާހަގަކުރާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.
ދާހިލީ ވުޒާރާއިން ބުނީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގާނޫނީ ބާރު ނެގެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ފަށާފައިވާކަމަށެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ އަނަސް މަރުގެ މައްސަލާގައި ކުރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމުން މި މައްސަލާގައި އިތުރަށް އަޅާނޭ ފިޔަވަޅުތައް ނިންމާނޭކަމުގެ ޔަގީންކަން ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވާފައިވާކަމަށެވެ.
ލިޓަސް ސާވިސް ސެންޓަރުތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުއެވެ.
އަނަސް މަރުގެ މައްސަލާގައި ދައުވާކުރިމީހުނަށް ކުށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އާދިއްތަދުވަހުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
