މާލެ: 31°C
ޢަބްދުﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ޢަބްދުﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

April 24, 2024
3 ފަހަރު ބަލާފައި
ޢަބްދުﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ
ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޢާ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ލޮބުވެތި ބައްޕާފުޅު، ދަރަވަންދޫގޭ މޫސާ ޖަމީލް، ހ. ރަބީޢީމަންޒިލް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުގައި ކަމަށެވެ. އަދި މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަންދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާވަނީ ދުޢާ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސް، ހުސައިން މުޙައްމަދު ލަތީފް ވެސް ވަނީ ހިތާމަ ފާޅުކުރައްވާ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ނައިބު ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި ޢަބްދުﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާ ފުން ހިތަމާއަކާއެކު ކަމަށް ވިދާޅުވެ، މައްޔިތާގެ ފުރާނައަށް ސުވާރުގޭގެ މަތިވެރ ނިޢުމަތް މިންވަރުކުރެއްވުމަށާއި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ. އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިޚް މޫސާ ޖަމީލް އަވަހާރަވީ މިއަދު ހެނދުނުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ