
35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ޕެކޭޖެއް ތައާރަފްކޮށްފި
35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ޕެކޭޖެއް ތައާރަފްކޮށްފި
ލިޔުން:
އާސަންދަ ސްކީމްގެ ދަށުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ޕެކޭޖު ތައާރަފްކޮށް، 18 އަހަރުން ދަށުގެ ކުދިންނަށް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް މިއަދުން ފެށިގެން ސްކްރީނިން ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ހަފުތާ 14 ގައި ހިމަނާފައިވާ މަގުޗާޓުގައި ހިމެނޭ ގޮތަށް، 35 އަހަރުން މަތީގެ މީހުންނަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ދަރިވަރުން ހަދަންޖެހޭ ހާއްސަ ޓެސްޓުތައް ވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ ގޮތްތައް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.
އޭގެ އިތުރުން، މެޑިކަލް ޗެކަޕް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖުތަކަށް ބަދަލު ގެނެސްފައިވާއިރު، 19 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށްފައިވާ އަސާސީ ޕެކޭޖުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.
އާސަންދައިން ބުނެފައިވާ ގޮތުގައި 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެއް ވެސް މިއަދު އިތުރުކޮށްފައިވެއެވެ. އަދި ކެންސަރު ސްކްރީނިން ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއް ފަހަރު ހެދޭނެ ކަމަށާއި ވަކި މުއްދަތެއްގެ ތެރޭގައި ހަދަން ކަނޑައަޅާފައިވާ ޓެސްޓުތައް ވެސް ޑޮކްޓަރު ލަފާ ދީފިނަމަ، ސްކީމްގެ ތެރެއިން ހެދޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އާސަންދައިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކަޅުބާޒާރުގައި ޑޮލަރުވިއްކާ އަގުގެ ވާހަކަ ޝާއިރުކުރާ ފާރްތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭގޮތް ހަދަނީ

ޕީޖީ އޮފީހުން މަސައްކަތްތައް ކޮށްފައި ހުންނާނީ މޫނަކަށް ކަނދުރާއަކަށް މަޤާމަކަށް ބެލުމެއް ނެތި: އައްބާސް ޝަރީފް

ފެންފުށީގަ މަސްތުވާތަކެތި ވިއްކާ މީހަކު ހައްޔަރުކޮށްފި

ޖަލަށް ވައްދާ މޯބައިލް ސިމްކާޑުގެ ވެރިފަރާތަށް ޤާނޫނީ ފިޔަވަޅު އެޅޭކަން ކަށަވަރުކުރަން ކެބިނެޓުން ނިންމައިފި

މޯލްޑިވިއަނުން ފަތުރުވެރިންނަށް ޓިކެޓް ވިއްކާ އަގު ހެޔޮކުރަން ކެބިނެޓުން ނިންމައިފި

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
