އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް އިބްރާހިމް ރަޝީދު (އަބުޗާ) މިނިވަންކޮށްފި އެވެ.
އޭނާ މިނިވަންކޮށްފައިވަނީ ޕެރޯލްގެ ޤާނޫނުގެ ދަށުންކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވެއެވެ.
ފުލުސް އޮފީހުން ކުރިން އާއްމުކޮށްފައިވާގޮތުން އަބުޗާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 9 ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ.
މީގެ އިތުރުން އޭނާއަކީ ގުރޫޕް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައްޔާއި, މާރާމާރީ ހިންގުމުގެ 2 މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ 2 މައްސަލައެއްގައިވެސް ހައްޔަރުކޮށްފައިވާ ފަރާތެއްކަމަށް ކުރިން ފުލުހުން ބުނެފައި ވެއެވެ.







