މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން މަސައްކަތްތައް ކޮށްފައި ހުންނާނީ މޫނަށް، ކަދުރާއަކަށް މަޤާމަކަށް ބެލުމެއް ނެތި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކޮށްފައިވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން މޫނަށް، ކަދުރާއަކަށް މަޤާމަކަށް ބެލުމެއް ނެތި ކަމަށާއި، އެ އޮފީހުން ޖަވާބުދާރީ ނުވެވޭ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުހުންނާނެ ކަމަށެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު ވެސް ހިމަނައިގެން އަޅުގަނޑާއެކު މަސައްކަތް ކުރާ ހުރިހާ ބޭފުޅުން ވެސް މިހާތަނަށް މިދިޔަ 2 އަހަރު ތެރޭގައި މަސައްކަތް ކޮށްފައި ހުންނާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ވަކި މީހަކަށް ވަކި މަގާމަކަށް ނުބަލާ އަޅުގަނޑުމެންނަށް ގާނޫނުގައި މަތިކޮށްފައި އޮތް ވާޖިބު އެ ގާނޫނު އޮތްގޮތަކަށް އަދާކުރެވޭތޯ މަސައްކަތްކޮށްފައި އޮންނާނީ" ޕީޖީ އައްބާސް ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ޕީޖީ ވިދާޅުވީ އެމަނިކުފާނު ޕީޖީގެ މަގާމާއި ހަވާލުވި އިރު، ކޭސް މެނޭޖްމަންޓް ސިސްޓަމަކީ އޮޓޮމޭޓް ކުރެވިފައި ހުރި ސިސްޓަމެއް ކަމުން، މިހާތަނަށް ޕީޖީ އޮފީހުން ނިންމާފައިހުރި ހުރިހާ ނިންމުމެއް އޮޑިޓްކޮށް ބަލާލެވޭނެ ކަމަށެވެ.
"ވާހަކަތަކަކީ އަޅުގަނޑުމެންނަށް ޕަބްލިކްގައި ނުކުމެ މާ ފަސޭހައިން ދެއްކޭނެ ވާހަކަތަކެއް ނޫން. އެއީ މީގައި ވަރަށް ގިނަ ރައްޔިތުންގެތަކެއްގެ ހައްގުތައް ހިމެނޭ ވާހަކަތައް މިހުންނަނީ. އެހެންވީމާ އެ ޑޭޓާއަކީ އަޅުގަނޑުމެން ފޮރުވާފައި ބަހައްޓަންޖެހޭ ޑޭޓާވީމާ އަޅުގަނޑުމެންނަށް ނުކުމެ މި ވާހަކަތައް މާބޮޑަށް ނުދެއްކޭތީ ފަހަރެއްގައި ބައެއް ބޭފުޅުންގެ ސުވާލު އުފެދިފައި ހުރެދާނެ. ޕީޖީ އައްބާސް ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް ޕީޖީ ވިދާޅުވީ އެ އޮފީހުން ނިންމާފައި ހުންނަ ބައެއް މައްސަލަތަކަކީ އާންމު ނުކުރެވޭފަދަ މައުލޫމާތު އެކުލެވޭ ވާހަކަތައް އެކުލެވޭ މައްސަލަތަށް ކަމަސާއި، ކަމަށާއި، އެފަދަ މައުލޫމާތު އެކުލެވޭ ވާހަކަތަށް ހާމަނުކުރެވޭނެ ކަމަށެވެ.







