ހަބަރު

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީވާން އަންގައިފި
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

ކާނިވާ ސްޓޭޖްގެ މަސައްކަތަށް ހަތަރު މިލިއަން
މާލެ ސިޓީގެ އަލިމަސް ކާނިވާ ސަރަހައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު، އެ ތަނުގައި ތަރައްގީ ކުރާ ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުން މާލެ ސިޓީ ކައުންސިލުން ދައްކާލައިފި އެވެ.

ރައީސްއާ ވީޑިއޯ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި "ރައީސްގެ ޖަވާބު" ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅުއްވަން ބޭނުންވާ ރައްޔިތުންނަށް ރައީސްގެ އޮފީހުން އެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފި އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލަށް ޒިޔާރަތް ކުރައްވައި، ޓާމިނަލު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

ކަރަންޓުން ޗާޖުކުރެވޭ އިލެކްޓްރިކް ސައިކަލު ސްޓެލްކޯއިން ގެނެސްފި
ދިވެހިންނަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ޗާޖުކުރެވޭ އިލެކްޓްރިކް ސައިކަލު ސްޓެލްކޯއިން ގެނެސްފި އެވެ.

ސަރުކާރުން ސްޕްރީމް ކޯޓަށް ނުފޫޒް ފޯރުވި ކަމަށްބުނެ ޑރ. އަޒްމިރަލްދާ ވެސް އދ އަށް ހުށަހަޅައިފި
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން ސަސްޕެންޓް ކޮށްފައިވާ ސްޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް އެ މައްސަލަ އދ އަށް ހުށަހަޅައިފި އެވެ،

ރާއްޖޭގެ ފުރަތަމަ ފަންޑްމެނޭޖްމަންޓް ކުންފުނި، ފަސްޓް ނެޝަނަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ވިސާމް ހަމަޖައްސައިފި
ރާއްޖޭގެ ފުރަތަމަ ފަންޑްމެނޭޖްމަންޓް ކުންފުނި، ފަސްޓް ނެޝަނަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް މަރިޔަމް ވިސާމް ހަމަޖައްސައިފި އެވެ.

ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާގެ އެޖެންޑާއަށް
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދު އައްޔަންކުރުމުގެ މައްސަލަ ދިރާސާ ކުރަން މާދަމާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރުމަށް މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

އޮސްޓްރޭލިއާއާ ގުޅިގެން މުރަކަ ވިއްސާ އާލާކުރަނީ
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި (އެމްއެމްއާރުއައި) އޮސްޓްރޭލިއަން އިންސްޓިޓިއުޓް ފޮރ މެރިން ސައިންސް (އެއިމްސް) އަދި ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަން (ސީއެސްއައިރޯ) އާއި ގުޅިގެން މުރަކަ ވިއްސާ އަލާކުރުމުގެ މަޝްރޫއެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލަ ޕޮލިހަށް
ބިންވެރިޔާ ސްކީމާ ގުޅޭ އޮޑިޓެއްކޮށް ފާހަގަވި މައްސަލަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ދަނޑުވެރިކަމާބެހޭ ސާމާނު ޗައިނާއިން ހަދިޔާކޮށްފި
ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު ރާއްޖެއިން ވެފައިވާ އެއްވަސްބުމުގެ ދަށުން ދަނޑުވެރިކަމާބެހޭ ސާމާނު ޗައިނާއިން ހަދިޔާކޮށްފި އެވެ.

ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ އދ. އަށް ހުށައަޅައިފި
ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަަކަށް ސަސްޕެންޑްކުރި މައްސަލަ އދ. އަށް ހުށަހަޅައިފި އެވެ.
