މާލެ: 31°C

ސަރުކާރުން ސްޕްރީމް ކޯޓަށް ނުފޫޒް ފޯރުވި ކަމަށްބުނެ ޑރ. އަޒްމިރަލްދާ ވެސް އދ އަށް ހުށަހަޅައިފި

March 18, 2025
332 ފަހަރު ބަލާފައި
ސަރުކާރުން ސްޕްރީމް ކޯޓަށް ނުފޫޒް ފޯރުވި ކަމަށްބުނެ ޑރ. އަޒްމިރަލްދާ ވެސް އދ އަށް ހުށަހަޅައިފި
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން ސަސްޕެންޓް ކޮށްފައިވާ ސްޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް އެ މައްސަލަ އދ އަށް ހުށަހަޅައިފި އެވެ،

އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޖޭއެސްސީން ސަސްޕެންޓް ކޮށްފައިވާ ސްޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް އެ މައްސަލަ އދ އަށް ހުށަހަޅައިފި އެވެ،

އެކަން ހާމަކޮސް ޑރ.އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ފަނޑިޔާރު ޑރ.އަޒްމިރަލްދާ ސަސްޕެންޑްކޮށް ދައުލަތުގެ އިދާރާތަކުން ހިންގަމުންގެންދާ އިޖުރާއަތުތަކާ ގުޅިގެން އދ.ގެ ސްޕެޝަލް ރެޕިއުޓާ އޮން އިންޑެޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް އިއްޔެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ޤާނޫނު އަސާސީ އަށް ސަރުކާރުން ގެނެސްފައިވާ އިސްލާހާ ގުޅޭ މައްސަލައެއް ސްޕްރީމް ކޯޓްުގައި ހިންގަންފެށުމާއެކު ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ކަމުގައިވާ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ވަނީ އޭސީސީން މައްސަލައެއް ބަލަމުންދާކަމަށްބުނެ ޖޭއެސްސީ އިން ސަސްޕެންޑް ކޮސްފައެވެ.

އެއާއެކު ސަރުކާރުން ސްޕްރީމް ކޯޓަށް ނުފޫޒް ފޯރުވަމުންގެންދާކަމަށްބުނެ ހުސްނުއްސުއޫދު ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ މައްސަލަ އަދ. ގެ ކަމާ ބެހޭ ޖަމިއްޔާއަށް އެމައްސަލަ ވަނީ ހުށަހަޅާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ