މާލެ: 31°C

ދަނޑުވެރިކަމާބެހޭ ސާމާނު ޗައިނާއިން ހަދިޔާކޮށްފި

March 17, 2025
167 ފަހަރު ބަލާފައި
ދަނޑުވެރިކަމާބެހޭ ސާމާނު ޗައިނާއިން ހަދިޔާކޮށްފި
ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު ރާއްޖެއިން ވެފައިވާ އެއްވަސްބުމުގެ ދަށުން ދަނޑުވެރިކަމާބެހޭ ސާމާނު ޗައިނާއިން ހަދިޔާކޮށްފި އެވެ.

ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު ރާއްޖެއިން ވެފައިވާ އެއްވަސްބުމުގެ ދަށުން ދަނޑުވެރިކަމާބެހޭ ސާމާނު ޗައިނާއިން ހަދިޔާކޮށްފި އެވެ.

މިދިޔަ އަހަރު ޗައިނާ އާއެކުޔ ވެފައިވާ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ 100,000 ޔުއާން (213،000ރ.) ގެ ދަޑުވެރިކަމުގެ ސާމާނު ހަދީޔާކޮށްފައެވެ. އަދި އެގްރިކަލްޗަރ މިނިސްޓްރީން ބުނީ އެތަކެތި މިހާރު ރާއްޖެ ހގެނެސް ފައިވާ ކަމަށާއި، އެ ތަކެތި ރާއްޖޭގެ އަތޮޅުތަކުގެ އަތޮޅު ކައުންސިލް ތަކަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސަބަބެއްކަމުގައި އެ މިނިސްޓްރީން ބުނީ އާންމު ސަރަހައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި ކޫޑިފަދަ ސޫތްފާސޫފި (ޕެސްޓު) އަޅައިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީއަށް ހުށަހަޅާ މައްސަލަަތައް އިތުރުވަމުން އަންނައިރު، ޕެސްޓް ކޮންޓްރޯލްކުރުމަކީ ކައުންސިލުން ކުރަން ޖެހޭ މަސައްކަތެއް ނަމަވެސް ރަށްރަށުގައި އެ ވަސީލަތްތައް ނެތުމުން އެކަންކަން ކުރުމަށް ކައުންސިލްތަކަށް ކުރިމަތިވެފައިވާ ދަތިކަން ފިލުވައިދިނުމުގެ ގޮތުން ކަމަށެވެ.

އެހީގެ ދަށުން، ޗައިނާއިން ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ:

  •  ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭ
  •  ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓު
  •  އޮޓަމެޓިކުން ފެންދޭ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލާ
  •  ދޫނި ރޯގާ (އޭވިއަން އިންފުލުއެންޒާ) ވައިރަސް ޓެސްޓު ކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓު

 

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ