ރާއްޖޭގެ ފުރަތަމަ ފަންޑްމެނޭޖްމަންޓް ކުންފުނި، ފަސްޓް ނެޝަނަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް މަރިޔަމް ވިސާމް ހަމަޖައްސައިފި އެވެ.
11 އަހަރު ކުންޕޮނީ ރެޖިސްޓްރާ ގެ މަޤާމު އަދާކުރެއްވުމަށްވފަހު މި މަހުގެ 1 ވަނަ ދުވަހު އެ މަޤާމުން އިސްތިއުފާދެއްވި ވިޝާމް އަކީ މާކެޓިން މެނޭޖުމަންޓުގެ ދާއިރާ އިން ޑިގްރީ އަދި އިކޮނޮމިކްސްގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާ ފަރާތެކެވެ. އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ގެ ބޯޑު މެމްބަރުކަންވެސް ކުރައްވާފައިވާ ފަރާތެކެވެ.
ޗީފް ކޮމާޝަލް އޮފިސާގެ ހައިސިއްޔަތުން ވިސާމު ޒިންމާ އަކީ ފަސްޓް ނެޝަނަލް ކޯޕަރޭޝަންގެ ވިޔަފާރިއާ ގުޅޭ ސްޓްރެޓެޖީތައް އެކުލަވައިލާ ތަރައްގީކުރުމާއި، އެ ކުންފުނީގެ ޕްރޮޑަކްޓް ޑިވަލޮޕްމެންޓް މަސައްކަތްތައް ބަލަހައްޓައި ސޭލްސް އާއި މާކެޓިން މަސައްކަތްތައް ބަލަހައްޓުމެވެ.
ފަސްޓް ނެޝަނަލް ކޯޕަރޭޝަން އަކީ ކުރީގެ އޮޑިޓަރޖެނެރަލް ގެ މަޤާމު އަދާކުރައްވާފައިވާ ޒިޔަތު އިސްވެ އުފައްދާފައިވާ ކުންފުންޏެކެވެ.







