މާލެ: 31°C

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި
August 16, 2026
28 ފަހަރު ބަލާފައި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ދ.މާއެނބޫދޫ މަލާޒް / އަލް އުސްތާޒް އާދަމް ޝަމީމް އައްޔަންކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އަމްޖަދު މި އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަޤާމަށް އެދި ހުށަހެޅުމަށް ހުޅުވާލުމާގުޅިގެން ގިނަ އަދަދެއްގެ ފަރާތްތަކުން އެ މަގާމަށް އެދި ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އަދި އެ ކޮމިޝަނުން ބުނީ އާދަމް ޝަމީމް އެ މަޤާމަށް އައްޔަނުކުރީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބުނީ އާދަމް ޝަމީމް އަށް ކަމަށްވާތީ ކަމަށެވެ.

އާދަމް ޝަމީމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާތަކުގައި ރައީސް ޔާމިންގެ ލޯޔަރުންގެ ޓީމުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަނުކުރެއްވިއިރު އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ ކަމުގެ މަގާމުގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ