މާލެ: 31°C
ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

2 ނޮވެންބަރު 2026
81 ފަހަރު ބަލާފައި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި ރާއްޖޭގެ ފޮރިންގ މިނިސްޓަރުކަން އެންމެ ގިނަދުވަހު ކުރައްވާފައިވާ އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި އެވެ.

ދާދިދެންމެ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހ. ރަބީއީމަންޒިލް އުމުރުން 64 އަހަރުގެ އަބްދުﷲ ޝާހިދު މިރޭ 21:59 ގައި ހައްހަރުކޮށްފައިވާ ކަމަށެވެ.

ޝާހިދު ހައްޔަރުކުރިކަމަށް މީޑިއާތަކުގައި މިރޭ ވާހަކަ ދެކެވުން ފެށުމުން ޝާހިދު ވަނީ އެކަން ދޮގުކޮށްފައެވެ. އޭނާ ހައްޔަރުކުރީ އެކަން ދޮގުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރިފަހުންނެވެ. މީޑިއާތަކުން އެވާހަކަ ރިޕޯޓްކުރީ ކޯޓު އަމުރު ހިފައިގެން ޝާހިދު ދިރިއުޅޭ ގެ ބަލާ ފާސްކުރަން އެގެއަށް ފުލުހުން ވަތް ފަހުންނެވެ.

ތަފްސީލް އަންނަނީ..

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ