މާލެ: 31°C

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ
August 15, 2026
39 ފަހަރު ބަލާފައި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ އިހްތިފާލުތައް ފާހަގަކުރުމަށް ހއ އުތީމުގައި މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގައި އެކުލަވައިލެވޭ ގާނޫނުތަކާއި އެންމެހައި އުސޫލުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން އެފަދަ އިސްލާހުތައް ގެންނެވުމަށް ސަރުކާރުން މިހާރު ނިންވާފައިވާ ކަމަށާއި އަދި އެކަންކަން ކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ގައުމީ ދުވަސް އިހުތިފާލުކުރުމަށް ހއ.އުތީމުގައި ކުރިއަށްގެންދިޔަ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ގައުމީ ދުވަސް ބުނެދެނީ މާތްވެގެންވާ އިސްލާމްދީނަށް ވަފާތެރިވުމުގެ ފޮނި ނަތީޖާއާއި އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުގައި އެކުލެވިގެންދާ ގެއްލުމާއި އެކަމުން ލިބޭ ހިތި ނަތީޖާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ގައުމުގައި އެކުލެވޭ އެންމެހައި ރަނގަޅު ކަންކަން އެތުރިފައިވަނީ އިސްލާމްދީނުގެ ވަށައިގެން ކަމަށާއި، ދިވެހި ގައުމުގެ ނާރެހަކީ އިސްލާމްދީންކަމަށެވެ.

އަދި ދިވެހި ގައުމިއްޔަތުގެ މަދަކީ ކީރިތި ގުރުއާން ކަމަށާއި, ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތްދަށުގައި އެތައް ޒަމާނަކު އޮންނަންޖެހުނު ސަބަބަކީވެސް އެންމެ ދިވެއްސަކު އިސްލާމްދީނަށް ޣައްދާރުވިވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ މިނިވަންކަމާއި އިސްލާމްދީނާ އޮތީ ލާމެހިފައިކަން ފާހަގަކުރައްވައި ތާރީހުން ފެންނަ ގޮތުން ދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރެއްގައި ރާއްޖޭގެ މިނިވަންކަން ގެއްލިގެން ގޮސްފަައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އިސްލާމްދީން ހިމާޔަތްކުރުމުގެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ގާއިމުވެފައި އޮންނަންޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށާއި, ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އިސްލާމްދީނާ ހިލާފު ގާނޫނުތައް ނުހެދޭނެކަަމަށް ލިޔުމުން ބަޔާންކޮށްފައި އޮތް ނަމަވެސް އަމަލީ ގޮތުން ކަންކަން ހިނގަނީ އެ ގޮތަށްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ރާއްޖޭގައި ނެތްކަމަށް ވިދާޅުވެ ރައީސް އެފަދަ ހަރުދަނާ ހަރުދަނާ ނިޒާމެއް ގާއިމުކުރައްވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ