މާލެ: 31°C
ޒިކުރާ މިސްކިތަށް ބިސްޖެހި މައްސަލައެއް ބަލަނީ

ޒިކުރާ މިސްކިތަށް ބިސްޖެހި މައްސަލައެއް ބަލަނީ

January 3, 2024
2 ފަހަރު ބަލާފައި
ޒިކުރާ މިސްކިތަށް ބިސްޖެހި މައްސަލައެއް ބަލަނީ

މާލޭގެ މަޖިދީ މަގުގައި ހުންނަ ޒިކުރާ މިސްކިތައް މީހަކު ކުކުޅު ބިސް ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ހާދިސާ ހިނގީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

"މައްސަލާގައި ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ދެނެގަނެވިފަ، މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިސް ޖަހާފައި ހުރިތަން ފެނުނީ ފަތިސް ނަމާދަށް އެ މިސްކިތައް ދިޔަ ބަޔަކަށެވެ.

މާލޭގެ މިސްކިތްތަކުގައި މިހާރު ކެމެރާ ހަރުކޮށްފައިވާއިރު އެ ކެމެރާތަކުގެ ރެކޯޑިން ބަލަހައްޓަ އެވެ. އެކި މައްސަލަ ތަކުގައި ފުލުހުންނަށް އެ ކެމެރާތަކުގެ ރެކޯޑިން މީގެ ކުރިން ވެސް ދީފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ