
މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފި
މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފި
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓް އަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ޒުވާނަކާއި 22 އަހަރުގެ ޒުވާނެކެވެ.
އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓޫން އިއްޔެ ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މީގެ ހަތަރު ދުވަސް ކުރިން މެމްބަރު ޒަރީރަށް ހަމަލާ ދިނީ ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭގައި އިންނަވަނިިކޮށް އެރޭ ފަތިހުގެ ވަގުތެއްގައެވެ. މަރުތޭލަކުން ދިން މިހަމަލާގައި ޒަރީރުގެ ބޯ ފަޅައިގެންގޮސް ދިއުމުގެ ސަބަބުން ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
