މާލެ: 31°C

ޒަކިއްޔާގެ މަރުގެ ތަހުގީގަށް އެފްބީއައިގެ އެހީ ހޯދަން ފަށައިފި

January 23, 2025
1277 ފަހަރު ބަލާފައި
ޒަކިއްޔާގެ މަރުގެ ތަހުގީގަށް އެފްބީއައިގެ އެހީ ހޯދަން ފަށައިފި
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީ ހޯދަން ފަށައިފި އެވެ.

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީ ހޯދަން ފަށައިފި އެވެ.

ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި މި ހާދިސާއާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެފްބީއައިއާ، ތަހުގީގުގައި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.

އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއާ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ހޮޅުދޫއަށް ޒިޔާރަތްކޮށްމި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި" ފުލުހުން ބުންޏެވެ.

ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އެބައޮތެވެ. އެ މީހުން ބުނާ ގޮތުންނަމަ ބަޔަކު ޒަކިއްޔާ މަރާލީ އެވެ. އެ މަރުގެ މައްސަލާގައި ފުލުހުންގެ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ދޭތެރެ ދޭތެރެއިން އިހުތިޖާޖު ކުރެ އެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ސީނިއަރ ޓީމަކުންވެސް އެ ތަހުގީގު ދަނީ ރިވިއުކުރަމުންނެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ