މާލެ: 31°C

ޒަކާތުގެ ގޮތުގައި 6 މިލިއަން ރުފިޔާ ލިބިފައިވޭ

ޒަކާތުގެ ގޮތުގައި 6 މިލިއަން ރުފިޔާ ލިބިފައިވޭ
April 19, 2023
3 ފަހަރު ބަލާފައި
ޒަކާތުގެ ގޮތުގައި 6 މިލިއަން ރުފިޔާ ލިބިފައިވޭ
ރަމަޟާންމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ. އެ މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 3 އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އިތުރެވެ. 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5.9 މިލިޔަން ރުފިޔާއެވެ. 1442 ވަނަ އަހަރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5.3 މިލިޔަން ރުފިޔާއެވެ. އަދި 1443 ވަނަ އަހަރު ޒަކާތުގެ ގޮތުގައި 5.9 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. [embed]https://twitter.com/MVIaffairs/status/1648588680490258432[/embed] ގޮވާމުގެ ގޮތުގައި ބަލައިގަތް ޒަކާތް މިއަދު ބަހަން ފަށާފައިވާ އިރު ، 18 އެޕްރީލް 2023ގެ ނިޔަލަށް ގޮވާމުން ޒަކާތް ދައްކާފައިވަނީ ޖުމްލަ 2723 މީހުންނެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޒަކާތާއި ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުގެ ޖުމްލަ 7378.7 ކިލޯ ލިބިފައިވެއެވެ. އެއީ ގޮވާމުން ޒަކާތްދެއްކި 6535.2 ކިލޯއާއި ޞަދަގާތުގެ ގޮތުގައި ދެއްކި 843.5 ކިލޯ ކަމަށް މިނިސްޓްރީން ބުންޏެވެ. އިސްލާމިކް މިނިސްޓްރީއިން ޒަކާތް ބަލައިގަންނަން ފަށާފައި ވަނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގައެވެ. އޮންލައިންކޮށް ޒަކާތް ބަލައިގަތުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ