މާލެ: 31°C

ޒަކާތާ ގުޅޭ ފޮތެއް ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވައިފި

July 2, 2026
44 ފަހަރު ބަލާފައި
ޒަކާތާ ގުޅޭ ފޮތެއް ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވައިފި
ޒަކާތާ ގުޅޭ 4 ފޮތެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނެރެދެއްވައިފި އެވެ.

ޒަކާތާ ގުޅޭ 4 ފޮތެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނެރެދެއްވައިފި އެވެ.

މި 4 ފޮތް ރައީސުލްޖުމްހޫރިއްޠާ ނެރެދެއްވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ހުޅުވި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ނެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމަށްފަހު ޒަކާތާ ބެހޭ 4 ފޮތް ނެރެދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަނީ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ކުޒިޔާރަތްކުރައްވާފައެވެ.

ޒަކާތު ހައުސްގެ ސްޓޯލުން ރައީސަށް މަރުހަބާދެންނެވީ ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް އެވެ.

އެ ސްޓޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމ،ަދު މުއިއްޒު މިއަދު ނެރެދެއްވި 4 ފޮތަކީ

  1. ޒަކާތާއި އަޤީދާ
  2. ޒަކާތާއި ޞަދަޤާތްދިނުމާ މެދު ބާރުއަޅުއްވާފައިވާ މިންވަރު
  3. ޒަކާތާއި ޞަދަޤާތް ދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީ އުޅޭ މީހުންގެ ސިފަތައް
  4. ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ

އެއަށްފަހު ޒަކާތު ހައުސްގެ ސްޓޯލުން ރައީސް ޑރ މުއިއްޒު އަށް ވަނީ "ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް" ފޮތުގެ ދިވެހި އަދި އިނގިރޭސި ފޮތްވެސް އަރުވައިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ