މާލެ: 31°C

ޒާތީވުމަކީ މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާއީ ފޭރާން ފަސާދަ ކުރާ ކަމެއް: ނައިބް ރައީސް

March 15, 2025
244 ފަހަރު ބަލާފައި
ޒާތީވުމަކީ މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާއީ ފޭރާން ފަސާދަ ކުރާ ކަމެއް: ނައިބް ރައީސް
ޒާތީވުމަކީ މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާއީ ފޭރާން ފަސާދަ ކުރާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ޒާތީވުމަކީ މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާއީ ފޭރާން ފަސާދަ ކުރާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިހެން ވިދާޅުވީ އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓު ކުރައްވާފައި މިވަނީ އިދިކޮޅު އެމްޑީޕީގެ މުޒާހަރާތަކާއި އެއްވުންތަކާއި ސޯޝަލް މީޑިއާގައި ރައީސްގެ އާއިލާއަށް ފުރައްސާރަ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ނައިބު ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައްވެސް ވާން ޖެހޭނީ ޕްރޮފެޝަނަލް އަދި ރައްޔިތުންނަށް ނަމޫނާ ހަރަކާތްތަތަކަށް ކަމަށެވެ.

ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެކެވެ. ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައްވެސް ވާންޖެހޭނީ ޕްރޮފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ޙަރަކާތްތަކަށެވެ

މީގެ އިތުރުން އެމަނިކުފާނު ވަނީ އެންމެ ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމައުގެ ގަދަރާއި ކަރާމާތް ރައްކާތެރި ކުރުމަށެވެ. އަދި މިއީ ދުޅަހެޔޮ، ކުރިއަރާފައިވާ ގައުމެއް ބިނާ ކުރުމުގެ އަސާސުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ކެބިނެޓުގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން ޕީއެންސީންވެސް ވަނީ އެމްޑީޕީން ރައީސް މުއިއްޒުގެ އާއިލާއަށް ފުރައްސާރަ ކުރަމުން ދާތީ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ