މާލެ: 31°C

ޔޫތު މިނިސްޓްރީގެ ގުދަނަކަށް މާލެސިޓީ ކައުންސިލުން ވަދެ މުދާ ނެގި މައްސަލައެއް ފުލުހަށް

ޔޫތު މިނިސްޓްރީގެ ގުދަނަކަށް މާލެސިޓީ ކައުންސިލުން ވަދެ މުދާ ނެގި މައްސަލައެއް ފުލުހަށް
April 1, 2023
2 ފަހަރު ބަލާފައި
ޔޫތު މިނިސްޓްރީގެ ގުދަނަކަށް މާލެސިޓީ ކައުންސިލުން ވަދެ މުދާ ނެގި މައްސަލައެއް ފުލުހަށް
ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރިކަމަށް އެމިނިސްޓްރީއިން ބުނާ ގުދަނަކަށް، މާލެ ސިޓީ ކައުންސިލުން ވަތް މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅުހަލާކުކޮށްލާ ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ގެންދަނީ ކަމުގައެވެ. " މިކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލްއަށް ގޮވާލަން. އަދި ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ އުފުލަންވާނެ. " މަހުލޫފް ވިދާޅުވިއެވެ. އެ ފޮޓޯ ތަކުން ފެންނަނީ ، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް، ދެ ޕިކަޕަކަށް މުދާ އަރުވާ ތަނެވެ. [embed]https://twitter.com/AhmedMahloof/status/1641892236660215808[/embed] މާލެ ސިޓީ ކައުންސިލުން ބުނީ އެބިމަކީ މާލެ ސިޓީ ކައުންސިލްގެ ބިމެއްކަމަށެވެ. މިނިސްޓަރު މަހުލޫފްގެ ޓްވީޓާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ އެކައުންސިލުން އެއްވެސް ކަމެއް ގާނޫނާއި ހިލާފަށް ނުކުރާ ކަމަށެވެ " މާލެ ސިޓީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ، އެކަން ހިނގައިދިޔަ ގޮތައް ބަލާ ތަފްސީލް ހާމަކުރާނެ ވާހަކަ މީޑިއާ ތަކުގެ ސަމާލުކަމަށްޓަކާ ދަންނަވާލަން " މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން މިދިޔަ ޑިސެމްބަރު މަހު ވަނީ ގުދަނުގައި ހުރި ތަކެތީގެ ވެރިފަރާތް ސާފުކުރަން ބޭނުންވެގެން އިއުލާނުކޮށްފަ އެވެ.

އިއުލާނުގައިވާ މުއްދަތުގެ ތެރޭގައި ގުދަނުގައި ހުރި މުދަލުގެ ވެރިފަރާތުން އެތަން ބޭނުން ކުރުމާ ބެހޭ ގޮތުން ދަތުލަތުގެ އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ހަދާފައިވާ ނަމަ އެ އެއްބަސްވުމެއްގެ ކޮޕީއެއް ހުށަހަޅަން އެ އިލާނުގައި ވެއެވެ.

އަދި އެ މުއްދަތުގައި ހުށަނާޅައިފިނަމަ ގުދަން ރޫޅާލުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެތަނުގައި ހުރި ތަކެތި ނެގުމުގެ ތެރޭގައާއި ނެގުމަށްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނި އިތުރަށް އެ ކައުންސިލުން ޒިންމާ ނުވާނެކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ