މާލެ: 31°C
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ޖަވާޒް އައްޔަންކޮށްފި

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ޖަވާޒް އައްޔަންކޮށްފި

February 3, 2024
3 ފަހަރު ބަލާފައި
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ޖަވާޒް އައްޔަންކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަވާ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ނަމަވެސް އޭނާ މަގާމަށް އައްޔަންކުރިކަން ރައީސް އޮފީހުގެ ވެބްސައިޓަށް އަދި އަޕްޑޭޓް ކޮށްފައެއް ނުވެއެވެ. ޔޫތު މިނިސްޓްރީގައި ޖަވާޒު އާއި އެކު 10 ޑެޕިއުޓީ މިނިސްޓަރުންނާއި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާ ޖަވާޒު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު ފަހު ހަފްތާގެ ތެރޭގައެވެ. އެފްއޭއެމްގައި އޭނާ ވަނީ 25 އަހަރު އެކި މަގާމުތަކުގައި ހިދުމަތް ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ