މާލެ: 31°C
ޔަތީމު ކުދިން ބޮޑުވަންދެން ޒަކާތު ހައުސްއިން ދާއިމީ އެހީތެރިކަމެއް ލިބޭނެ ނިޒާމެއް ގާއިމުކުރަނީ

ޔަތީމު ކުދިން ބޮޑުވަންދެން ޒަކާތު ހައުސްއިން ދާއިމީ އެހީތެރިކަމެއް ލިބޭނެ ނިޒާމެއް ގާއިމުކުރަނީ

April 11, 2024
3 ފަހަރު ބަލާފައި
ޔަތީމު ކުދިން ބޮޑުވަންދެން ޒަކާތު ހައުސްއިން ދާއިމީ އެހީތެރިކަމެއް ލިބޭނެ ނިޒާމެއް ގާއިމުކުރަނީ
ޔަތީމު ކުދިން ބޮޑުވަންދެން ޒަކާތު ހައުސްއިން ދާއިމީ އެހީތެރިކަމެއް ލިބޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އެކަމާ ގުޅިގެން މިނިސްޓަރ "އެކްސް" ގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވީ ޔަތީމު ކުދިންނަށް ޒަކާތު ހައުސްއިން ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު މާލީ އެހީތެރިކަމެއް ދެވޭނެ ގޮތަކަށް ނިޒާމެއް ގާއިމުކުރައްވާނެ ކަމަށާއި މި ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. https://twitter.com/Mohamedshaheem1/status/1778365045220749757 ރައީސް މުއިއްޒުގެ ސަރުކާރުގައި މޯލްޑިވްސް ޒަކާތު ހައުސް އިފުތިތާހުކުރީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅުގައެވެ. "މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ