މާލެ: 31°C
ޔާމީންގެ ވަކީލް ސިޔާޒަށް ސްޓޭޓް މިނިސްޓަރުކަން ދީފި

ޔާމީންގެ ވަކީލް ސިޔާޒަށް ސްޓޭޓް މިނިސްޓަރުކަން ދީފި

April 29, 2024
2 ފަހަރު ބަލާފައި
ޔާމީންގެ ވަކީލް ސިޔާޒަށް ސްޓޭޓް މިނިސްޓަރުކަން ދީފި
ކުރީގެ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ ގިނަ ދުވަސްވީ އެއް ވަކީލް، އަބްދުﷲ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ. އެ މަގާމަށް ޝިޔާޒު އައްޔަނުކޮށްފައިވާކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާއަށް ރައީސް މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމެއް ދިންއިރު، ޝިޔާޒް ވަނީ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރައްވައިފައެވެ. އޭގެ ފަހުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވިއެވެ. ޝިޔާޒް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އުފުލި ދައުވާތަކުގައި 2019 އިން ފެށިގެން ޔާމީންގެ ފަރާތުން އެންމެ ފުރަތަމަ އިސްކޮށް މަސައްކަތްކުރައްވާފައެވެ. ރިޝްވަތު ނެންގެވުމާއި އެ ފައިސާ ލޯންޑާކުރުމުގެ ތުހުމަތުގައި ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަކުން ދާދިފަހުން ވަނީ ސަލާމަތްވެވަޑައިގަތްފައެވެ. ޔާމީން މިހާރު ވަނީ ޕީޕީއެމް ދޫކުރައްވައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ކިޔާ ޕާޓީއެއް އުފައްދަވާފައެވެ. އަދި ޝިޔާޒް ވެސް ވަނީ ޕީއެންއެފްއާ ގުޅިވަޑައިގެންފައެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިހާރު ހަތަރު ބޭފުޅުން އެބަތިއްބެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ