ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ޕާޓީ -- ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ 3،000 ސޮއި ހަމަކޮށް ޕާޓީ ރަޖިސްޓްރީކުރަން އިސީއަށް ހުށަހަޅައިފި އެވެ.
އެ ޕާޓި އުފެއްދުމުގެ ހުއްދަ ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ނޮވެމްބަރު 26 ވަނަ ދުވަހު ހުށަހެޅީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުالله ޔާމީންގެ މަސްއޫލުވެރިކަމުގައެވެ. އެދުވަހު އީސީއިން ވަނީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައެވެ.
ޕީއެންއެފް އިން ބޭނުންވީ މަސްއޫލުވެރިންގެ ގޮތުގައި އަށް ބޭފުޅަކު ހިމެނުމަށެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވައިދު އޭރު އޮތް ގޮތުން ޕާޓީއެއް އުފެއްދުމަށް ހުއްދައަށް އެދި ހުށަހަޅަންޖެހެނީ އެންމެ މީހެއްގެ ނަމުގައެވެ. އެކަމަކު މިހާރު ވަނީ އެ އުސޫލަށް ބަދަލު ގެނެސްފަ އެވެ.
ޕީއެންއެފްގެ އެންމެ އިސް އަށް ބޭފުޅުން:
- ކުރީގެ ރައީސް އަބްދުﷲ ޔާމީން
- ކުރީގެ ނައިބް ޑރ. މުހައްމަދު ޖަމީލް އަހްމަދު
- ޒޭން އަބްދުﷲ ޔާމީން
- ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ
- ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާދަމް
- މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއީލް
- ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު
- ޑރ. ޖިހާދު







