މާލެ: 31°C
ޔާމީންގެ ކެންޑިޑެސީ މައްސަލަ މާދަމާ އަށް ތާވަލްކޮށްފި

ޔާމީންގެ ކެންޑިޑެސީ މައްސަލަ މާދަމާ އަށް ތާވަލްކޮށްފި

August 3, 2023
2 ފަހަރު ބަލާފައި
ޔާމީންގެ ކެންޑިޑެސީ މައްސަލަ މާދަމާ އަށް ތާވަލްކޮށްފި
ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ. ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ވަކީލެއް ކަމަށްވާ އަބްދުﷲ ސިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލާގައި ސުޕްރީމްކޯޓަށް ހުށަހެޅި ޤަޟިއްޔާއާ ގުޅިގެން މާދަމާ މެންދުރު 14:30 ގައި ސުޕްރީމް ކޯޓުގައި އަޑުއެހުން ބޭއްވުމަށް ތާވަލު ކުރެވިފައިވާ ކަމަށެވެ. https://twitter.com/AbdullaSiyaz/status/1686991104649084929?s=20 އީސީން ވަނީ ޔާމީންގެ ކެންޑިޑެސީ ފޯމު މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ހުށަހެޅުމުން، އެދުވަހުގެ ހަވީރު ޝަރުތު ހަމަނުވާ ކަމަށް ބަލައި ފޯމު ރިޖެކްޓް ކޮށްފައެވެ. އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޕީޕީއެމްގެ ޓިކެޓް ހަވާލުކޮށްފައިވާ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އީސީއާއި ހަވާލު ކުރީ އެމަނިކުފާނުގެ ކެމްޕޭން އޭޖެންޓް އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެވެ. މި ފޯމާއި އީސީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ރައީސް ފުއާދް ތައުފީގް އެވެ. ޔާމީންގެ ފޯމު އީސީ އިން ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެމަނިކުފާނުގެ މައްޗަށް އައިސްފައިވުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ