
ޔާމީން ބަންދާ މެދު އޮތް ކަންބޮޑުވުން އިިދިކޮޅުން ޔޫއެންއަށް ހުށަހަޅައިފި
ޔާމީން ބަންދާ މެދު އޮތް ކަންބޮޑުވުން އިިދިކޮޅުން ޔޫއެންއަށް ހުށަހަޅައިފި
ލިޔުން:
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން ބަންދުގައި ހުންނެވުމުގެ ކަންބޮޑުވުން އިދިކޮޅު އެދި ޕީޕީއެމްގެ ކޯލިޝަނުން ޔޫއެންއަށް ހުށަހަޅައިފި އެވެ.
ރާއްްޖޭގައި ހުންނަވާ ޔޫއެންގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހަސްވެލް އާ ބައްދަލުކުރުމަށް ފަހު ޕީޕީއެމުން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ "ގާނޫނާ ހިލާފަށް ޔާމީން ބަންދުކޮށްފައިވާ މައްސަލައާއި ޑިމޮކްރެޓިކް ގޮތުން ރާއްޖެ ފަހަތަށް ސޮއްސައިލާފައިވާ މައްސަލައިގެ ކަންބޮޑުވުން" އެ ބައްދަލުވުމުގައި ފާޅުކޮށްފައިވާނެ ކަމަށެވެ.
ކެތަރިންއާ އެކު ޕީޕީއެމްގެ އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުހައްމަދު ޖަމީލު އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ޔާމީން ޖަލަށް ލާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް އިދިކޮޅުން ބުނި އިރު، އެމަނިކުފާނު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރިޝްވަތު ހިފުމުގެ ކުށާއި މަނީލޯންޑާކުރުމުގެ ކުށް ސާބިތުވެގެންނެވެ. އެ ދެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް، ކްރިމިނަލް ކޯޓުން އިއްވި އެވެ.
ރައީސް ޔާމީން މިނިވަންކުރުމަށްޓަކާ "ހުރިހާ ދޮރެއްގައިވެސް ޓަކިޖަހައި ނުފުރޮޅާނެ ގަލެއް ނުބާއްވާނެ" ކަމަށް އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
