މާލެ: 31°C
ޔާމީންގެ ކެނޑިޑެސީގެ މައްސަލަ ސްޕުރީމްކޯޓުން ބަލައިގެންފި

ޔާމީންގެ ކެނޑިޑެސީގެ މައްސަލަ ސްޕުރީމްކޯޓުން ބަލައިގެންފި

August 2, 2023
2 ފަހަރު ބަލާފައި
ޔާމީންގެ ކެނޑިޑެސީގެ މައްސަލަ ސްޕުރީމްކޯޓުން ބަލައިގެންފި
ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ނިންމި ނިންމުމާ ގުޅިގެން  އިދިކޮޅުން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފި އެވެ.

އީސީއަށް ޔާމީންގެ ކެންޑިޑެސީ ފޯމު އިއްޔެ ހެނދުނު ހުށަހެޅުމުން، އިއްޔެ ހަވީރު އީސީން ވަނީ ޝަރުތު ހަމަނުވާ ކަމަށް ބަލައި ފޯމު ރިޖެކްޓް ކޮށްފައެވެ.

އެ މައްސަލަ ރައީސް ޔާމީނުގެ ފަރާޓުން ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅުމުން މިހާރު އެ ކޯޓުގެ ރެޖިސްޓްރާ ވަނީ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދެއްވައިފަ އެވެ.

ޔާމީންގެ ފޯމު އީސީ އިން ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އައިސްފައި ވުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ