މާލެ: 31°C

ޔާމީނަށް ކުރި ހުކުމުގައި، ލޯންޑާކުރި ފައިސާ ދައުލަތަށް ނަގަން ހިމަނާފައި ނުވާތީ، އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި

ޔާމީނަށް ކުރި ހުކުމުގައި، ލޯންޑާކުރި ފައިސާ ދައުލަތަށް ނަގަން ހިމަނާފައި ނުވާތީ، އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި
May 14, 2023
2 ފަހަރު ބަލާފައި
ޔާމީނަށް ކުރި ހުކުމުގައި، ލޯންޑާކުރި ފައިސާ ދައުލަތަށް ނަގަން ހިމަނާފައި ނުވާތީ، އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި

ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް  ޔާމީން ގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި، ލޯންޑާކުރި ފައިސާ ދައުލަތަށް ނަގައިދިނުމަށް ހިމަނާފައި ނުވާތީ އެކަން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅީ 07 މޭ 2023 ދުވަހު އެވެ.
އެ ފައިސާގެ ތެރޭގައި ހިމެނެނީ ރައީސް ޔާމީން ލޯންޑަރކުރިކަމަށް ސާބިތުވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ އެވެ. މަނީ ލޯންޑަރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.  ނަމަވެސް އެ ހުކުމުގައި އެމަނިކުފާނު ލޯންޑާ ކުރި ފައިސާ ދައުލަތަށް ދެއްކުމަށް އަންގާފައެއް ނުވެއެވެ. އަދި އޭގެ ދެ މަސް ފަހުން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 53 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށެވެ. އެއީ ކުށް ކޮށްގެން ހޯދި ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ވެސް ދައުލަތަށް ނަގާގޮތަށެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރެއް ނެރެދެއްވުމަށް އެދިފައިވާނެކަމަށެވެ. " ނަމަވެސް މައްސަލަ ސާބިތުވާކަމަށް ނިންމަވައި ޙުކުމްކުރެއްވިއިރު މި ފައިސާއާމެދު ކްރިމިނަލް ކޯޓުން ވަކި ގޮތެއް ނިންމަވާފައިނުވެއެވެ. އެހެންކަމުން އެކަން ސިޓީއަކުން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސް، ދެން ކުރިއަށްދާންވީގޮތް ސާފުކޮށްދެއްވުމަށް އެދުމުން، "ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" ގެ އަމުރެއް އެކޯޓުން ނެރުއްވާފައިވެއެވެ. އަދި އިސްވެ ދެންނެވި އަމުރު ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފުކުރުމުން އެ އަމުރު ބާޠިލުކަމަށް ކަނޑައަޅުއްވާފައިވެއެވެ." ޕީޖީ އޮފީހުން ބުންޏެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ