
ވޯލްޑް ގަވަމެންޓް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަން ނައިބު ރައީސް ޔޫއޭއީއަށް
ވޯލްޑް ގަވަމެންޓް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަން ނައިބު ރައީސް ޔޫއޭއީއަށް
ލިޔުން:
ސަރުކާރު ހިންގުމުގައި ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ވިސްނުންތައް ނެރެން އެކި ގައުމުތައް ބައިވެރިކޮށްގެން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި ކޮންމެ އަހަރަކު ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ޔޫއޭއީގެ ދުބާއިއަށް ފުރާވަޑައިގެންފި އެވެ.
މި އަހަރުގެ ވޯލްޑް ގަވަރމަންޓް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އިން 15 އަށެވެ. އެ ސަމިޓްގައި ބައިވެރިވެރިވާން ރާއްޖެއަށް ދައުވަތު ދެއްވީ ޔޫއޭއީގެ ބޮޑުވަޒީރު، ޑިފެންސް މިނިސްޓަރު، އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ސަތޭކަ އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ "ވޯލްޑް ގަވަމެންޓް ސަމިޓް 2023" މިފަހަރު ކުރިއަށް ގެންދާނީ އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު ހަ ތީމެއް ކަނޑައަޅައިގެންނެވެ. އެ ސަމިޓަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުންނާއި، އެކި ދާއިރާތަކުގެ މާހިރުންނާއި، ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް އެއްވެ، ހިޔާލުބަދަލުކޮށް، މުސްތަގުބަލަށް މުހިންމުވާނެ ތަރައްގީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާތައް ހުށަހަޅާ ސަމިޓެކެވެ.
ނައިބު ރައީސް ފައިސަލް ނަސީމު ތަގުރީރުކުރައްވާނީ އެ ސަމިޓްގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ "ފިއުޗަރ އޮފް ވޯކް" ފޯރަމްގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިދިޔަ އަހަރު ދިވެހި ސަރުކާރާއި ޔޫއޭއީ ސަރުކާރާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން "މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެ ދަތުރުފުޅު ނިންމަވާލައްވައި، މިމަހުގެ 16 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ ވަޑައިގެންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
