ޖަޕާނުގެ ފުކުއޯރާގައި އަންނަ ޖުލައި މަހު ބާއްވާ 'ފީނާ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕް' ގައި ވާދަކުރާ ދިވެހި ފެތުންތެރިން ހޮވައިފިއެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނެފަވާ ގޮތުގައި އެ މުބާރާތުގައި ވާދަކުރާ އެތުލީޓުން ހޮވުމުގެ ޓްރަޔަލްސްގައި އަންހެން ދެ ފެތުންތެރިންނާއި ފިރިހެން ދެ ފެތުންތެރިން ހޮވި އެވެ.
މުބާރާތަށް ހޮވި ހަތަރު ފެތުންތެރިންނަކީ އަލީ އިމްއާނާއި ހަމްނާ އަހުމަދާއި މެރާލް އައިން ލަތީފް އަދި މުހައްމަދު ރިހާން ޝިހާމެވެ.
އަންހެން ޓްރަޔަލްގެ އެއްވަނަ ހޯދީ 3،869 ޕޮއިންޓާ އެކު މެރާލް އައިން ލަތީފްއެވެ. އަދި 3،285 ޕޮއިންޓާ އެކު ފިރިހެން ޓްރަޔަލް އިން އެއްވަނަ ހޯދީ އަލީ އިމްއާން އެވެ. ދުނިޔޭގެ ފެންވަރުގެ މިމުބާރާތް އޮންނާނީ މިއަހަރުގެ ޖުލައި 14-30 އަށެވެ.






